14 ޑިސެމްބަރ 2016
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލަަށް އިތުރު ފަރުވާ ދެވެން އޮތީ ބަރުދަން އިތުރުކޮށްގެން ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އޭނާގެ ބަރުދަން އިތުރުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލަަށް އިތުރު ފަރުވާ ދެވެން އޮތީ ބަރުދަން އިތުރުކޮށްގެން ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އޭނާގެ ބަރުދަން އިތުރުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ޒާހިލަށް ފަރުވާ ދެމުން އަންނަތާ މިހާރު މަހެއްހާ ދުވަސްވެފައިވާއިރު އޭނާއަށް ދިމާވެފައިވާ ހަގީގީ މައްސަލަ ދެނެގަނެ، އެކަމަށް ވަނީ ފަރުވާ ހޯދައިފަ އެވެ. ނަމަވެސް ހަރު އެއްޗެއް ނުކެވި ގިނަ އަހަރުތަކެއް ވެފައިވާތީ 17 އަހަރުގެ ޒާހިލް ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފަ އެވެ. އަދި އޭނާ އަށް ކެވޭނެ ގޮތް ހެދުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭއިރު، އެ އޮޕަރޭޝަން ކުރެވެން އޮތީ ޒާހިލްގެ ބަރުދަން އިތުރުކޮށްގެން ކަމަށް ޑޮކްޓަރުން ބުނެފައި ވެ އެވެ.
ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރު ޒާހިލަށް ކޮށްފައި ވަނީ އޭނާގެ ފުއްޕާމެ އާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި އަށެވެ. އޭގެ ސަބަބުން އޭނާ އަށް އެއްގޮތަކަށް ވެސް ނުކެވެ އެވެ. އޭނާ އަށް މި ހުރިހާ ދުވަހު ކާންދެމުން އައީ، ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަަށް ފޮނުވައިގެންނެވެ.
ހދ. ނެއްލައިދު އަށް އުފަން ޒާހިލްގެ ބޭބެއަކު ބުނި ގޮތުގައި ބެންކޮކަށް ގެންދިޔައިރު ޒާހިލްގެ ހަށިގަނޑުގައި ހުރީ 16 ކިލޯ އެވެ. އެކަމަކު މިހާރު އޭނާ އަށް ދެމުންދާ ކިރެއްގެ ސަބަބުން ވޭތުވެ މަހެއްހާ ދުވަހުގެ ތެރޭގައި 1.6 ކިލޯ އިތުރުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
އޮޕަރޭޝަން ކުރުމަށް ޒާހިލްގެ ގައިގާ މަދުވެގެން 20 ކިލޯ ހުންނަން ޖެހެ އެވެ.
"މި ސްޕީޑުގައި ދާ ނަމަ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި އޭނާގެ އޮޕަރޭޝަން ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނަނީ. މިއީ ވަރަށް ރަނގަޅު ހަބަރެއް،" މާލޭގައި ހުރި ޒާހިލްގެ ބޭބެ ބުންޏެވެ.
އޭނާ ބުނީ ޒާހިލްގެ އިތުރު މައްސަލައެއް މިހާރު ނެތް ކަމަށާއި އޮޕަރޭޝަން ކާމިޔާބުވެ، ޒާހިލް އަށް ކެވޭ ގޮތް ވެއްޖެ ނަމަ އޭނާގެ ބަލި ފަސޭހަވީ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
ބަނޑަށް ގުޅާފައިވާ ހޮޅީގެ ބަދަލުގައި، ކަރު ތެރެ އިން އޭނާގެ ގޮހޮރަށް ހޮޅިއެއް ލައްވައިގެން ކާންދިނުމަށް ބެންކޮކު ހޮސްޕިޓަލުން މީގެ ކުރިން އޮޕަރޭޝަނެއް ކުރި އެވެ. އެކަމަކު އެ އޮޕަރޭޝަނުގައި އޭނާގެ ގޮހޮރަށް ގުޅި ހޮޅި، މާބޮޑަށް ހިމަވެގެން އޭގެ ބޭނުމެއް ނުހިފުނެވެ. ނަމަވެސް ޒާހިލަށް ޖެހިފައިވާ ބަލި ދެނެގަނެވި، އެއަށް ވަނީ ފަރުވާ ކޮށްފަ އެވެ.
ޒާހިލް އަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކްގައި މަޑުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުންޏެވެ.
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި
ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ކޮށްފި
ހާލު ދެރަވެ ޒާހިލް އަނެއްކާ ވެސް ބެންކޮކަށް
ބަރުދަން ހަމަ ނުވާތީ ޒާހިލް އެނބުރި ރާއްޖެ އަށް
ޒާހިލްގެ އޮޕަރޭޝަން ކުރަން އަދިވެސް ބަރުވާން ޖެހޭ
ޒާހިލް އިތުރަކަށް ބަރެއް ނުވޭ: އާއިލާ
އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ
ބަރުދަން ލުއިވުމުން ޒާހިލްގެ އޮޕަރޭޝަން މަހެއް ފަހުން
ހޮޅި ލައްވައިގެން ޒާހިލް އަށް ކާކަށް ނުދެވުނު
ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި