26 ޖެނުއަރީ 2017
ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރުކޮށް، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހިމް ޒާހިލްގެ އޮޕަރޭޝަން ކުރެވެން އޮތީ އޭނާގެ ބަރުދަން އިތުރުކޮށްގެން ކަމަށް ވިޔަސް، އޭނާ އިތުރަށް ބަރުނުވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރުކޮށް، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހިމް ޒާހިލްގެ އޮޕަރޭޝަން ކުރެވެން އޮތީ އޭނާގެ ބަރުދަން އިތުރުކޮށްގެން ކަމަށް ވިޔަސް، އޭނާ އިތުރަށް ބަރުނުވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ޒާހިލަށް ފަރުވާ ދެމުން އަންނަތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް ޒާހިލް އަށް ކާންދެމުން އައީ ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަަށް ފޮނުވައިގެންނެވެ.
ހަރު އެއްޗެއް ނުކެވި ގިނަ އަހަރުތަކެއް ވެފައިވާތީ 17 އަހަރުގެ ޒާހިލް ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފަ އެވެ. އަދި އޭނާ އަށް ކެވޭނެ ގޮތް ހެދުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭއިރު، އެ އޮޕަރޭޝަން ކުރެވެން އޮތީ ޒާހިލްގެ ބަރުދަން އިތުރުކޮށްގެން ކަމަށް ޑޮކްޓަރުން ބުނެފައި ވެ އެވެ.
ހދ. ނެއްލައިދު އަށް އުފަން ޒާހިލްގެ އާއިލާއިން ބުނި ގޮތުގައި ބެންކޮކަށް ގެންދިޔައިރު ޒާހިލްގެ ހަށިގަނޑުގައި ހުރީ 16 ކިލޯ އެވެ. އެކަމަކު އޭނާއަށް ދެމުން އަންނަ، ކެލޮރީ ގިނަ ކިރެއްގެ ސަބަބުން ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ބަރުދަން އިތުރުވަމުން އައިސް މިހާރު އަނެއްކާ ވެސް އިތުރަށް ބަރުނުވާ ކަމަށް ބުންޏެވެ.
"މިކޮޅަށް އައި ފަހުން ވަރަށް ބޮޑު ކުރިއެރުމެއް އައި. އެކަމަކު ބަރުވަމުން ގޮސް 19 ކިލޯއާ ހަމަވެފައި އިތުރަށް ބަރެއް ނުވި. އޮޕަރޭޝަން ކުރެވެން އަންނަނީ އެންމެ މަދުވެގެން 20 ކިލޯ ހުރެގެން. އެހެންވެ، ނޭނގެ ކޮން ދުވަހަކުން ކަމެއް ވެސް އޮޕަރޭޝަން ކުރެވޭނީ" ޒާހިލްގެ ދައްތައަކު ބުންޏެވެ.
ޒާހިލް އިތުރަށް ބަރު ނުވާތީ މީގެ ހަފުތާއެއްހާ ކުރިން ޓެސްޓުތަކެއް ވަނީ ހަދާފަ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި، ޒާހިލް ބަރުނުވަނީ އޭނާ އަށް ދޭ އެއްޗެހި ހަޖަމު ނުވާތީ ހަށިގަނޑަށް އެއްވެސް ކަހަލަ ނިއުޓްރިޝަންއެއް ނުލިބުމުންނެވެ. އެހެންވެ، އެކަމަށް މިހާރު ބޭސް ދީފައިވާ ކަމަށް ބުންޏެވެ.
"ބޭސް ދިން ފަހުން ވެސް އިއްޔެ ޑޮކްޓަރަށް ދެއްކިއިރު 19 ކިލޯގައި ހުރީ. އެކަމަކު އިތުރަކަށް ލުޔެއް ވެސް ނުވޭ" ޒާހިލްގެ ދައްތަ ބުންޏެވެ.
"ޑޮކްޓަރުން ބުނަނީ ކިތަންމެ ގިނަ ދުވަހެއް ވިޔަސް މި ވަރުގައި ހުއްޓާ އޮޕަރޭޝަން ކުރުން ރަނގަޅު ނޫން ކަމަށް،"
އޭނާ ބުނީ މިހާ ހަމައަށް އައިސް އުއްމީދު ކަނޑާލަން ބޭނުން ނުވާ ކަމަށާއި އެހެންވެ، އަދިވެސް ގަސްދުކުރަނީ ބެންކޮކު ހޮސްޕިޓަލުގައި މަޑުކުރަން ކަމަށެވެ.
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި
ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ކޮށްފި
ހާލު ދެރަވެ ޒާހިލް އަނެއްކާ ވެސް ބެންކޮކަށް
ބަރުދަން ހަމަ ނުވާތީ ޒާހިލް އެނބުރި ރާއްޖެ އަށް
ޒާހިލްގެ އޮޕަރޭޝަން ކުރަން އަދިވެސް ބަރުވާން ޖެހޭ
ޒާހިލްގެ ބަރުދަން އިތުރުވެ، އޮޕަރޭޝަން އަންނަ މަހު
އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ
ބަރުދަން ލުއިވުމުން ޒާހިލްގެ އޮޕަރޭޝަން މަހެއް ފަހުން
ހޮޅި ލައްވައިގެން ޒާހިލް އަށް ކާކަށް ނުދެވުނު
ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި