16 ފެބުރުއަރީ 2017
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ބަރުދަން 20 ކިލޯ އަށް އެރުމުން އޮޕަރޭޝަން ކުރެވޭނެ ކަމަށް ބެންކޮކްގެ ޑޮކްޓަރުން ކުރިން ބުނި ނަމަވެސް އެއަށް ވުރެ ބަރުދަން އިތުރުކުރަން ޖެހޭ ކަމަށް ލަފާދީފި އެވެ.
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ބަރުދަން 20 ކިލޯ އަށް އެރުމުން އޮޕަރޭޝަން ކުރެވޭނެ ކަމަށް ބެންކޮކްގެ ޑޮކްޓަރުން ކުރިން ބުނި ނަމަވެސް އެއަށް ވުރެ ބަރުދަން އިތުރުކުރަން ޖެހޭ ކަމަށް ލަފާދީފި އެވެ.
ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ޒާހިލަށް ފަރުވާ ދެމުން އަންނަތާ މިހާރު ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. އަދި އޭނާގެ ހާލަތު ރަނގަޅުކުރަން އިތުރު ފަރުވާއެއް ދެވޭނީ ޚާއްސަ އޮޕަރޭޝަނެއް ކޮށްގެން ކަމަށް ޑޮކްޓަރުން ކުރިން އޮތީ ބުނެފަ އެވެ. އެ އޮޕަރޭޝަން ކުރެވޭނީ 17 އަހަރުގެ ޒާހިލްގެ ބަރުދަން 20 ކިލޯ އަށް އެރުމުން ކަމަށް ޑޮކްޓަރުން ލަފާދިނެވެ.
ހަރު އެއްޗެއް ނުކެވި ގިނަ އަހަރުތަކެއް ވުމުން ޒާހިލް ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފަ އެވެ. އޭރު އޭނާގެ ބަރުދަނަކީ 16 ކިލޯ އެވެ.
ޒާހިލް ބެންކޮކުގައި: އޭނާގެ އޮޕަރޭޝަން ކުރެވޭނެ ދުވަހެއް އަދި ނޭނގޭ-- ފޮޓޯ/ ފޭސްބުކް
ޒާހިލްގެ ބަރުދަން 20 ކިލޯ އަށް އެރުމުން ޑޮކްޓަރުން ކުރިން ނިންމާފައިވަނީ އޭނާގެ އޮޕަރޭޝަން އިއްޔެ ކުރުމަށެވެ.
"އެކަމަކު އިއްޔެ ޑޮކްޓަރަށް ދެއްކުމުން ބުނީ އަދިވެސް ރައްކާތެރިއެއް ނޫނޭ އޮޕަރޭޝަން ކުރާކަށް. މިއީ ވަރަށް ރިސްކީ އޮޕަރޭޝަނެއް،" ބެންކޮކުގައި ހުރި ޒާހިލްގެ ދައްތައަކު ބުންޏެވެ.
އޭނާ ބުނީ އޮޕަރޭޝަން ކުރެވޭނެ ބަރުދަނެއް ކަމަށް ޑޮކްޓަރުން މިހާރު ނިންމާފައިވަނީ 24 ކިލޯ ކަމަށެވެ. އެހެންވެ، އަނެއްކާ ވެސް އޭނާގެ ބަރުދަން އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން ބުނީ ޒާހިލްގެ އިތުރު މައްސަލައެއް މިހާރު ނެތް ކަމަށާއި އޮޕަރޭޝަން ކާމިޔާބުވެ، ޒާހިލް އަށް ކެވޭ ގޮތް ވެއްޖެ ނަމަ އޭނާގެ ބަލި ފަސޭހަވީ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރު ޒާހިލަށް ކޮށްފައި ވަނީ އޭނާގެ ފުއްޕާމެ އާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި އަށެވެ. އޭގެ ސަބަބުން އޭނާ އަށް އެއްގޮތަކަށް ވެސް ނުކެވެ އެވެ. އޭނާ އަށް މި ހުރިހާ ދުވަހު ކާންދެމުން އައީ، ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަަށް ފޮނުވައިގެންނެވެ.
ބަނޑަށް ގުޅާފައިވާ ހޮޅީގެ ބަދަލުގައި، ކަރުތެރެ އިން އޭނާގެ ގޮހޮރަށް ހޮޅިއެއް ލައްވައިގެން ކާންދެވޭތޯ ބެންކޮކް ހޮސްޕިޓަލުން މީގެ ކުރިން އޮޕަރޭޝަނެއް ކުރި އެވެ. އެކަމަކު އެ އޮޕަރޭޝަނުގައި އޭނާގެ ގޮހޮރަށް ގުޅި ހޮޅި، މާ ބޮޑަށް ހިމަވެގެން އޭގެ ބޭނުމެއް ނުހިފުނެވެ.
ޒާހިލްގެ ބޭސްފަރުވާ އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކްގައި މަޑުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުނެ އެވެ.
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި
ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ކޮށްފި
ހާލު ދެރަވެ ޒާހިލް އަނެއްކާ ވެސް ބެންކޮކަށް
ބަރުދަން ހަމަ ނުވާތީ ޒާހިލް އެނބުރި ރާއްޖެ އަށް
ޒާހިލް އިތުރަކަށް ބަރެއް ނުވޭ: އާއިލާ
ޒާހިލްގެ ބަރުދަން އިތުރުވެ، އޮޕަރޭޝަން އަންނަ މަހު
އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ
ބަރުދަން ލުއިވުމުން ޒާހިލްގެ އޮޕަރޭޝަން މަހެއް ފަހުން
ހޮޅި ލައްވައިގެން ޒާހިލް އަށް ކާކަށް ނުދެވުނު
ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި