17 އެޕްރީލް 2017
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ހާލު އިތުރަށް ގޯސްވާތީ އޭނާ އަނެއްކާ ވެސް ބެންކޮކަށް ދިޔުމަށް ނިންމައިފި އެވެ.
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ހާލު އިތުރަށް ގޯސްވާތީ އޭނާ އަނެއްކާ ވެސް ބެންކޮކަށް ދިޔުމަށް ނިންމައިފި އެވެ.
ގިނަ ބައެއްގެ އެހީތެރިކަމާ އެކު ޒާހިލް ބެންކޮކްގައި ދެ މަހެއްހާ ދުވަހު ފަރުވާ ކުރުމަށް ފަހު ރާއްޖެ އައީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު އޭނާއަށް ނުކެވި އަނެއްކާ ވެސް ލުއިވާތީ ފަރުވާ ކުރިއަށް ގެންދިޔުމަށް އަންނަ ބުދަ ދުވަހު ބެންކޮކަށް ފުރާނެ ކަމަށް އާއިލާއިން ބުންޏެވެ.
ޒާހިލް ރަނގަޅު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު މިހާތަނަށް އައި އިރު އޮޕަރޭޝަން ކުރެވޭ ވަރަށް ބަރުވެފައި ނުވާތީ، އޭނާ ރާއްޖެ އައީ ބަރުވެގެން އެނބުރި ދާ ގޮތަށެވެ.
ޒާހިލްގެ އެއްބަނޑު އެއްބަފާ ދައްތަ ބުނިގޮތުގައި ރާއްޖެ ގެނައީއްސުރެ ކޮއްކޮގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ބަރުދަން އިތުރު ކުރުމަށް ބެންކޮކް ހޮސްޕިޓަލުން ދިން ކިރު ވެސް މިހާރު ނުބޮވޭ ކަމަށް އޭނާ ބުންޏެވެ.
"ކުޑަ އެތިކޮޅެއް ބޯލާއިރަށް ބަނޑަށް ތަދުވެގެން ހުއްޓާލަން ޖެހޭ. އޭނާއަށް ދެނީ ހަމައެކަނި އެ ކިރަށް ވެފައި އެ ނުބޮވޭތީ މިހާރު ކިލޯއެއް ވަރު ލުއިވެއްޖެ،" ޒާހިލްގެ ދައްތަ ބުންޏެވެ.
"އަދި ކުރިއެކޭ އެއްގޮތަށް މުޅިގައިގައި އަނެއްކާ ވެސް ހަންފޮޅިފައި މިހާރު ހުރީ."
ބަރުދަން އިތުރު ކުރުމަށް އޭނާއަށް ދެވެނީ ބަނޑަށް ގުޅާފައި އިންނަ ހޮޅިން، ވަކި ހާއްސަ ކިރެކެވެ.
އެންމެ ކުޑައިރުއްސުރެ އެ ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރަމުން އަންނަ 17 އަހަރުގެ ޒާހިލް ބެންކޮކަށް ދިޔައިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ. އެކަމަކު ބެންކޮކް ހޮސްޕިޓަލުގައި ދިން ފަރުވާތަކުން އޭނާ ވަނީ ހަތަރު ކިލޯ ބަރުވެފަ އެވެ.
ޒާހިލްގެ ދައްތަ ބުނީ ޒާހިލް ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދެއްކުމުން ބަނޑުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި ކަމަށެވެ. އެހެންވެ، މަންމަ އާއި ބައްޕަ އާއެކު އޭނާ ބެންކޮކަށް ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޒާހިލްގެ ބޭސްފަރުވާ އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި
ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ކޮށްފި
ބަރުދަން ހަމަ ނުވާތީ ޒާހިލް އެނބުރި ރާއްޖެ އަށް
ޒާހިލްގެ އޮޕަރޭޝަން ކުރަން އަދިވެސް ބަރުވާން ޖެހޭ
ޒާހިލް އިތުރަކަށް ބަރެއް ނުވޭ: އާއިލާ
ޒާހިލްގެ ބަރުދަން އިތުރުވެ، އޮޕަރޭޝަން އަންނަ މަހު
އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ
ބަރުދަން ލުއިވުމުން ޒާހިލްގެ އޮޕަރޭޝަން މަހެއް ފަހުން
ހޮޅި ލައްވައިގެން ޒާހިލް އަށް ކާކަށް ނުދެވުނު
ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި