ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދޭން ޖެހޭނީ ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހޫނު ރައްދެއް ދެއްވައިފި އެވެ.
08 ޖެނުއަރީ 2022
ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދޭން ޖެހޭނީ ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހޫނު ރައްދެއް ދެއްވައިފި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ރައީސް ރޭ ވިދާޅުވީ އެ ދާއިރާގެ މެންބަރުން ވޯޓު ދޭން ވާނީ ޑްރަގުގެ ވިޔަފާރި އާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށެވެ. އަދި ބަޣާވާތާ ވެސް ދެކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަން ހޯދަން އުޅުނު އިރު ބަޣާވާތާއި މަނީލޯންޑަރިން އަދި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ވެސް އޯކޭ ކަމަށެވެ.
ރައީސް ވިދާޅުވާ ބާޣީންނާއި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރު ވެސް ތިބީ އެމްޑީޕީ އާއި މި ސަރުކާރުގައި ކަމަށް އުޝާމް ވިދާޅުވި އެވެ.
އެމްޑީޕީން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް "ބަޣާވާތް" ކުރީ މިހާރުގެ އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިސްވެ ހުންނަވައިގެން ކަމަށެވެ. އުޝާމް އަކީ އެ ދެ ބޭފުޅުން އުފައްދަވާފައިވާ އެމްއެންޕީގެ އިސް މެންބަރެކެވެ.
ޑްރަގްގެ ވިޔަފާރި އާއި މަނީ ލޯންޑަރިން ރައީސް ގުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނު އިސްވެ ކުރައްވާ "އިންޑިޔާ އައުޓް" ކެމްޕެއިނަށެވެ.
ކޮމަންޑޫ ދާއިރާއަށް ކެނޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް އިންނެވެ. މިހާތަނަށް ވެސް ތިން ޕާޓީން ކެމްޕެއިން ކުރަމުން އަންނަނީ ވަރަށް ވާދަވެރިކޮށެވެ.
ރައީސްގެ ބަސްމަގަށް އުޝާމް އަނެއްކާވެސް ފާޑުވިދާޅުވެއްޖެ
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
އިބޫގެ ދަތުރުފުޅުގެ ރިސިޓްތައް ސަރުކާރުން ހާމަކުރަނީ
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
މަޖިލީހުގައި އެމްއެންޕީގެ ޕީޖީއަށް ފުރުސަތު ގެއްލިއްޖެ
ނާޒިމް ރައީސަށް؛ ފަހަތުން ދުވެވޭނެ ކަމެއް ނޯންނާނެ
ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، ދެން ހައްލު!
ހާލަތު ބަދަލުކުރެވޭނީ ނާޒިމަށް އެކަނި: އުޝާމް
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ