ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް، އެ ރިސިޓްތައް ހާމަކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
23 ޖުލައި 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް، އެ ރިސިޓްތައް ހާމަކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ.
އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އެ ސްޓޭންޑު ދިފާއުކޮށް، އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ރިސިޓްތައް ހާމަ ނުކުރިޔަސް، ދަތުރުފުޅުގެ ހަރަދުތައް ކުރިން ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އަންގާފައިވާ ގޮތަށް ރިސިޓްތައް ހާމަކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ދައުލަތުން މީގެކުރިން ބުނަމުން އައީ ރިސިޓްތަކަކީ މައުލޫމާތެއް ނޫން ކަމަށާއި މައުލޫމާތަކަށް ވާނީ ދަތުރުފުޅަށް ކުރި ހަރަދާ ގުޅޭގޮތުން ރިސިޓްގައި ހިމެނޭ ތަފްސީލުތައް ކަމަށެވެ. އަދި އެ ތަފްސީލުތައް ކުރިން ވެސް ދޫކޮށްފައިވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވިން: އޭޖީ
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ރައީސް އިބޫގެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކޮށްފި
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
މެންބަރުންގެ އަދަދާ ގުޅޭ މައްސަލަ 25 ގައި ފަށަނީ
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ރައީސްގެ ދަތުރު ހަރަދުގެ މައްސަލަ ސުޕްރީމްކޯޓުން ބަލަނީ
ރައީސްގެ ދަތުރު ހަރަދު ހާމަކުރާ މައްސަލަ ބަލައެއްނުގަތް