ސަރުކާރު ހިންގާ ޕާޓީ އަށް ޖާގަ ދީ، އެހެން ސިޔާސީ ޕާޓީތަކުން މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުނުވެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
09 ޖެނުއަރީ 2022
ސަރުކާރު ހިންގާ ޕާޓީ އަށް ޖާގަ ދީ، އެހެން ސިޔާސީ ޕާޓީތަކުން މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުނުވެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ނައިބު ރައީސް އުޝާމް އެހެން ވިދާޅުވީ، ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި، ސަރުކާރުން އެ ދާއިރާ އަށް ވައުދުތަކެއް ވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށް އެހެން ޕާޓީތަކުން ޖާގަ ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވުމުންނެވެ.
އެކަމަށް ރައްދު ދެއްވަމުން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ވެސް އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާއިރު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބަސްމަގު އެ ގޮތަށް ހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެންމެ ޑިމޮކްރެޓިކް ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ ފަރާތުން ވެސް ފެންނަނީ ހުދުމުހުތާރުކަން ކަމަށް އުޝާމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސިޔާސީ ޕޯޑިއަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވާހަކަފުޅު ދައްކަވަން ޖެހޭނީ އެ މަނިކުފާނު ކުރައްވާފައިވާ ހުވައަށް އުނިކަން ނުލިބޭ ގޮތަށް ކަމަށެވެ.
އެ ހުވާގައި ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ފަހު، ދެން އޮންނާނީ ގާނޫނުއަސާސީ ނަގަހައްޓައި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުން ކަމަށާއި ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާބުގައި ވެސް އެންމެ މުހިންމު މަސައްކަތެއް ގޮތުގައި އޮންނާނީ ގާނޫނުއަސާސީ ނެގެހެއްޓުން ކަމަށް އުޝާމް ވިދާޅުވި އެވެ.
"ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ހައްގަށް އުނިކަން އަންނަ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ވަގުތެއްގައި ވެސް ޕާޓީގެ އިންޓަރެސްޓަށް ވުރެ ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގަށް ވިސްނަން ޖެހޭނެ. އަސާސީ ހައްގަކާ މެދު ޝައްކު އުފައްދާ ފަދަ ގޮތަކަށް ވާހަކައެއް ނުދެއްކޭނެ،" އުޝާމް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ ބަޣާވާތް ކުރާ މީހުންނާއި މަނީ ލޯންޑަރިން އަދި ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ވޯޓު ދޭން ޖެހޭނެ ކަމަށެވެ.
އުޝާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕެއިންގައި އެ އިޝާރާތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް "އޯކޭވި" ކަމަށެވެ.
ކޮމަންޑޫ ދާއިރާ އަށް ވާދަކުރަނީ އެމްޑީޕީ އާއި އެމްއެންޕީގެ އިތުރުން ޕީޕީއެމެވެ. އެ ތިން ޕާޓީގެ މެދުގައި ކެމްޕެއިންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
"ސަރުކާރުން އުޅެނީ ކޮމަންޑުއަށް ޖެއްސި ހާލު ޖައްސަން"
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ކޮމަންޑޫ ދާއިރާގެ ފިކުރު ބަދަލުވާން ޖެހޭ ސަބަބެއް ނެތް
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
އީސީން ބުނަނީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް!
ބަޣާވާތޭ ރައީސް ވިދާޅުވުމުން އުޝާމް ރަތަށް!
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން ތައްޔާރުވެއްޖެ
އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް