Roadha Mihaaru
ސައުދީ އަށް އެމެރިކާ އިން ހަތިޔާރު ވިއްކާވަރު މަދުކޮށްފި

ސައުދީ އަށް އެމެރިކާ އިން ހަތިޔާރު ވިއްކާވަރު މަދުކޮށްފި

14 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 14) - ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވަމުންދާ މައްސަލާގައި ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް އެމެރިކާ އިން ސައުދީ އަރަބިއާ އަށް ވިއްކާ ހަތިޔާރު މަދުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 14) - ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވަމުންދާ މައްސަލާގައި ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް އެމެރިކާ އިން ސައުދީ އަރަބިއާ އަށް ވިއްކާ ހަތިޔާރު މަދުކޮށްފި އެވެ.

ޕެންޓަގަންގެ އޮފިޝަލަކު ވިދާޅުވީ ޕްރިސިޝަން-ގައިޑެޑް ހަތިޔާރު ދެން ސައުދީ އަށް ނުވިއްކާނެ ކަމަށެވެ. ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ބުނީ ޔަމަނުގެ އާއްމުންނަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. ޔަމަނުގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް މިދިޔަ އޮކްޓޯބަރު މަހު ދިން ވައިގެ ހަމަލާއެއްގައި 140 މީހުން ވަނީ މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ އަޅުވާފައި ވަނީ ސައުދީ ކޯލީޝަނުގެ ބޮލުގަ އެވެ.

ޔަމަނުގެ ހަނގުރާމައިގައި ސައުދީން ތާއީދު ކުރަނީ ވެރިކަމުން އެއްފަރާތްކޮށްފައިވާ އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރަށެވެ. ޔަމަނުގެ އިންތިޚާބީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ އީރާނުގެ މަދަދު ލިބޭ ހޫތީންނަށެވެ.

ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވެފައި ވަނީ އެމެރިކާގެ ސެކިއުރިޓީ އެއްބާރުލުމަކީ ސައުދީ އަށް އޮތް "ހުސް ޗެކެއް" ނޫން ކަމަށެވެ.

ސައުދީ އަށް ހަތިޔާރު ވިއްކުން މަދުކުރި ނަމަވެސް އެމެރިކާ އިން ވަނީ ސަރަހައްދީ ރޮނގާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ ޕައިލެޓުން ތަމްރީނުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި ސައުދީއާ އެކު ސޮއިކޮށްފައިވާ ތިން ބިލިއަން ޑޮލަރުގެ އަސްކަރީ ހެލިކޮޕްޓަރު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.