Roadha Mihaaru
އެމެރިކާ އިން ސައުދީ އަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު

އެމެރިކާ އިން ސައުދީ އަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

13 މެއި 2017

ވޮޝިންޓަން (މެއި 13) - ސައުދީ އަރަބިއާ އަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަކަށް އައުމުގެ މަގުމަތީގައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 13) - ސައުދީ އަރަބިއާ އަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަކަށް އައުމުގެ މަގުމަތީގައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ވަޑައިގަތުމަށް ހަފުތާއަކަށްވެފައި ވަނިކޮށް އޮފިޝަލް ވިދާޅުވީ އެމެރިކާ އިން ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ސައުދީ އަށް ވިއްކާ ހަތިޔާރު 300 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސައުދީ އަށް ހަތިޔާރު ވިއްކަނީ އެ ގައުމުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސައުދީ އަށް އެންމެ ބޮޑަށް ހަތިޔާރު ސަޕްލައި ކުރާ ގައުމަކީ އެމެރިކާ އެވެ. އެފް-15 ގެ ހަނގުރާމަތީ ޖެޓުން ފެށިގެން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމަށް ދަންދެން އެމެރިކާ އިން ވަނީ ސައުދީ އަށް ވިއްކައިފަ އެވެ.

މި މަހު 19 ވަނަ ދުވަހު ޓްރަމްޕް ސައުދީ އަށް ފައްޓަވާ ދަތުރުފުޅުގައި އެ ގައުމުގެ ވެރިންނާ އެކު ޓެރަރިޒަމް ހުއްޓުވުމާ އަދި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނުރައްކަލާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ޓްރަމްޕުގެ ސައުދީ ދަތުރުފުޅުގައި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ ރިޔާޒުގައި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.