އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ގެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި، އިޒްރޭލަށް އެހީތެރިވެދިނުމަށް މެދުއިރުމައްޗަށް ފޮނުވި ނަމަވެސް، އެމެރިކާގެ އެއްގަމު ސިފައިން އިޒްރޭލަށް ނުފޮނުވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ގެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި، އިޒްރޭލަށް އެހީތެރިވެދިނުމަށް މެދުއިރުމައްޗަށް ފޮނުވި ނަމަވެސް، އެމެރިކާގެ އެއްގަމު ސިފައިން އިޒްރޭލަށް ނުފޮނުވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޔޫއެސްއެސް ގެރަލްޑް ފޯޑް މެދުއިރުމައްޗަށް ފޮނުވަން އެމެރިކާ އިން ނިންމީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލަށް އެހީތެރިވުމަށެވެ. އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވި ގޮތުގައި އެ މަނަވަރު ދާނީ، އިޒްރޭލުގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށެވެ.
އެ މަނަވަރު މެދުއިރުމައްޗަށް ފޮނުވާ މައިގަނޑު ބޭނުމަކީ، ހަމާސްއާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތަކުގައި ބޭނުން ކުރުމަށް ބޭނުންވާނެ ހަނގުރާމައިގެ އާލާތްތަކާއި ސާމާނު ވައިގެ މަގުން، އިޒްރޭލަށް ފޮނުވުމެވެ. އޭގެ ތެރޭގައި ބަޑީގެ ވަޒަނާއި އެނޫން ތަކެތި ވެސް ހިމެނޭނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި ހަމާސްގެ ހަމަލާތަކަށް އިޒްރޭލުން ރައްދު ދެމުންދާ އިރު، އެމެރިކާ އިން އެކަމުގައި ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ އެވެ. އެ ގޮތުން އިޒްރޭލު ސިފައިންނަށް ބޭނުންވާ އަސްކަރީ އާލާތްތައް، އެމެރިކާގެ މަނަވަރުތަކުން އިޒްރޭލަށް ގެންގޮސްދިނުމުގައި އެމެރިކާގެ ހެލިކޮޕްޓަރުތައް ބައިވެރިވާނެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކޯން ކިރްބީ އިއްޔެ ވިދާޅުވީ، ސަލާމަތީ ގޮތުން އިތުރު އެހީތެރިކަން ހޯދުމަށް އިޒްރޭލުން އެދޭނެކަން ޔަގީންވާ ކަމަށާއި، އެކަމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ. އަދި އިޒްރޭލުން އެދޭ ކޮންމެ އެހީތެރިކަމެއް ވީ އެންމެ އަވަހަކަށް އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަގްސާ ތޫފާންގެ ނަމުގައި އިޒްރޭލާ ދެކޮޅަށް ހަމާސް އިން ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އަސީރުންގެ ގޮތުގައި ވެސް އިޒްރޭލުގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް މިހާރު ވަނީ ގާޒާ އަށް ގެންގޮސްފަ އެވެ. ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 11 މީހަކު ހިމެނޭ ކަމަށް، އެމެރިކާ ސަރުކާރުން ބުނެ އެވެ.
އދ. ގައި ހުންނަވާ އިޒްރޭލުގެ ސަފީރު ގިލާދް އެރްދާން އިއްޔެ ވިދާޅުވި ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން އަސީރުކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި އެމެރިކާގެ 25 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އެހެންކަމުން، އަސީރުކޮށްފައިވާ އެމެރިކާ ރައްޔިތުން ސަލާމަތް ކުރުމަށް އެމެރިކާގެ ޚާއްސަ ސިފައިންގެ ޔުނިޓެއް އިޒްރޭލަށް ފޮނުވަފާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިހާރު އިޒްރޭލު ކައިރި އަށް މިސްރާބު ޖަހާފައިވާ، މަތިންދާބޯޓު އުފުލާ މަނަވަރުގެ އިތުރުން، ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކެއް ވެސް މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އެފް-35، އެފް-15، އެފް-16 އަދި އޭ-10ގެ ބޯޓުތައް ހިމެނެ އެވެ.
ބެލެވޭ ގޮތުގައި އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމަތީގައި މި ގަދަކުރަނީ، ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި އީރާން ބައިވެރިވާ ކަމަށް ތުހުމަތުކޮށް، އީރާނަށް ހަމަލާތަކެއް ދިނުމަށް ކަމަށް ބެލެވެ އެވެ. އެމެރިކާ ސިފައިން އީރާނަށް ހަމަލާ ދިނުމުގެ ބަދަލުގައި، އެމެރިކާ ސިފައިން ތިބޭނީ، އިޒްރޭލު ސިފައިން އީރާނަށް ދޭ ހަމަލާއަށް މަދަދު ފޯރުވުމުގައި ކަމަށް ބެލެވެ އެވެ.
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ގާޒާގެ އާންމުންނާ ދެކޮޅަށް ބިންގަރާސް ބޮން
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް