Roadha Mihaaru
ގަނޑުކޮށް ވަގުތުން މުދާލިބޭ ސޮނީ ބިލްޑްވެއާ ހުޅުވައިފި

ގަނޑުކޮށް ވަގުތުން މުދާ ލިބޭ "ސޮނީ ބިލްޑްވެއާ" ހުޅުވައިފި

09 ޖެނުއަރީ 2022

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަފާތު ސާމާނު ބަލްކުކޮށް ވަގުތުން ލިބޭ ގޮތަށް ސޮނީ ހާޑްވެއާގެ ބިލްޑްވެއާ ފިހާރަ މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަފާތު ސާމާނު ބަލްކުކޮށް ވަގުތުން ލިބޭ ގޮތަށް ސޮނީ ހާޑްވެއާގެ ބިލްޑްވެއާ ފިހާރަ މިއަދު ހުޅުވައިފި އެވެ.

ޖަނަވަރީ މަގުގައި ހުޅުވި މި ފިހާރަ އަކީ ސޮނީ ހާޑްވެއާގެ ތިލަފުށީ ގުދަނުގައި ބަހައްޓާފައި ހުންނަ މުދާ ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހެދުމަށް ހުޅުވި ފިހާރައެކެވެ.

ސޮނީ ހާޑްވެއާ އިން ބުނީ މި ފިހާރައިގެ ސަބަބުން، ގަޑުކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ސޮނީ ބިލްޑްވެއާއިން ލިބެން ހުންނަ ބައެއް ތަކެތީގެ ތެރޭގައި ދަގަނޑާއި އެސްއެސް ހޮޅި އާއި އޭންގަލާއި ޕީވީސީ ހޮޅި އާއި ޕްލައިވުޑާއި ބްލޮކް ބޯޑާއި ދޮރާއި ލެމިޓެކް ހިމެނެ އެވެ. މީގެ އިތުރުން އިމާރާތްތަކުގެ ސްޓްރަކްޗުރަލް މަސައްކަތްތަކަށް ބޭނުންވާ ހާޑްވެއާ ސާމާނު ވެސް މި ފިހާރައިގެ އެއްވަނަ ބައިން ލިބޭނެ އެވެ.

މި ފިހާރަ ކުރިމަތީގައި ވެހިކަލްތަކަށް ޕާކުކޮށް، މުދާ ބަރުކުރުމަށް ފަސޭހަވާނެ އިންތިޒާމު ވެސް ސޮނީ ހާޑްވެއާއިން ވަނީ ހަމަޖައްސައިފަ އެވެ.

ސޮނީ ހާޑްވެއާއިން ވިއްކާ ތަކެއްޗަކީ ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ އުފެއްދުންތަކެވެ. އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކޮލިޓީ ރަނގަޅު މުދާ ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ސޮނީ ހާޑްވެއާއިން ބުންޏެވެ.

ސޮނީ ބިލްޑްވެއާ ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން މެންުރު 12:00 އަށް އަދި މެންދުރު 1:30ން ހަވީރު 6:00 އަށެވެ.