Roadha Mihaaru
ސޮނީ ހާޑްވެއާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

ރޯދަ ޕްރޮމޯޝަން: ސޮނީ ހާޑްވެއާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

14 ފެބުރުއަރީ 2024

އަންނަ މަހުގެ 11 ގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ސޮނީ ހާޑްވެއާ އިން "ރޯދަ ބާޒާރު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަންނަ މަހުގެ 11 ގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ސޮނީ ހާޑްވެއާ އިން "ރޯދަ ބާޒާރު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ.

ރާއްޖޭގައި ހާޑްވެއާގެ ސާމާނު ވިއްކުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވާ ސޮނީ އިން ބުނީ ރޯދަމަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ރޯދަ ބާޒާރު" ގައި 50 ޕަސެންޓާ ހަމައަށް އެ ތަނުގެ ހުރިހާ ފިހާރަތަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

ސޮނީ ރޯދަ ބާޒާރާ ގުޅޭ ޕޯސްޓެއް.

މި ޕްރޮމޯޝަނުން ޑިސްކައުންޓު ލިބޭ ފިހާރަތަކަކީ:

- މާފަންނު ސޮނީ ހާޑްވެއާ.

- ހެންވޭރު ސޮނީ ހާޑްވެއާ.

- ބޮޑުތަކުރުފާނު މަގުގައި ސޮނީ ފިޝިން.

- ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޮނީ ހޯލްސޭލް.

- ޗާނދަނީ މަގުގައި ހުންނަ ސޮނީ ހޯމް މެއިންޓެނަންސް.

- ހުޅުމާލޭގެ ސޮނީ ހާޑްވެއާ.

އެ ޕްރޮމޯޝަނުގައި މި ފިހާރަތަކުގައި ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. ސޮނީ ހާޑްވެއާ އަކީ ބަދިގެ އާއި ފާހަނާ އަށް ބޭނުންވާ އުފެއްދުންތަކުން ފެށިގެން ހޯމްއިމްޕްރޫވްމަންޓާއި ހާޑްވެއާ ސާމާނު އަދި މަސް ބާނަން ބޭނުންކުރާ ސާމާނު ވިއްކާ ތަނެކެވެ.