Roadha Mihaaru
ސޮނީ އިން "އިންގްކޯ" ބްރޭންޑުގެ ޓޫލްތައް މާކެޓަށް

ސޮނީ އިން "އިންގްކޯ" ބްރޭންޑުގެ ޓޫލްތައް ރާއްޖޭގެ މާކެޓަށް

17 ޖުލައި 2024

އެކި ވައްތަރުގެ ޓޫލްސް އުފައްދާ ބްރޭންޑެއް ކަމަށްވާ "އިންގްކޯ" ގެ ޓޫލްސްތައް ސޮނީ ހާޑްވެއާއިން ތައާރަފް ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެކި ވައްތަރުގެ ޓޫލްސް އުފައްދާ ބްރޭންޑެއް ކަމަށްވާ "އިންގްކޯ" ގެ ޓޫލްސްތައް ސޮނީ ހާޑްވެއާއިން ތައާރަފް ކޮށްފި އެވެ.

ސޮނީ ހާޑްވެއާއިން ބުނި ގޮތުގައި "އިންގްކޯ" ބްރޭންޑަކީ ކޮލެޓީއާ އަޅާ ބަލާއިރު ހެޔޮ އަގުގައި ލިބެން ހުންނާނެ ބްރޭންޑެއް ކަމަށެވެ. އަދި މި ބްރޭންޑަކީ އަގު ހެޔޮ ބްރޭންޑަކަށްވުމުން އަމިއްލަ މަސައްކަތްތަކާއި ޑީއައިވައި ޕްރޮޖެކްޓުތައް ހަދާ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ވައްތަރުތަކުގެ ޓޫލްތަކެއް ލިބެން ހުރުމަކީ ލިބޭނެ ބޮޑު ލުޔެއް ކަމަށް އެ ފިހާރައިން ފާހަގަކުރެ އެވެ.

ސޮނީ ހާޑްވެއާ އަކީ މި ބްރޭންޑުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގައި މަޝްހޫރު "އިންގްކޯ" ބްރޭންޑުގެ 500 އަށް ވުރެ ގިނަ ޓޫލްސްތައް ސޮނީ ފިޝިން، ސޮނީ ހޯމް އަދި ސޮނީ ބިލްޑްވެއާ ފިޔަވައި ސޮނީ ހާޑްވެއާގެ އެހެން ފިހާރަތަކުގައި ލިބެން ހުންނާނެ އެވެ. ސޮނީއިން ބުނީ ރީސެލާސްއަށް ހާއްސަ އަގެއްގައި ވިއްކާނެ ކަމަށެވެ.

ސޮނީ ހާޑްވެއާގެ ފިހާރަތަކުން މި ބްރޭންޑުގެ ހޭންޑް ޓޫލްސް އާއި ޕަވާ ޓޫލްސް އަދި އެސެސަރީތައް ލިބެން ހުންނާނެ އެވެ. އަދި މި ޓޫލްސްތަކުގެ ސްޕެއާ ޕާޓުތައް ވެސް ސޮނީ ހާޑްވެއާގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

"އިންގްކޯ" ބްރޭންޑަކީ ޕްރޮފެޝަނަލް ކޮލެޓީ ޓޫލްސް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބްރޭންޑެކެވެ. މި ޓޫލްތަކަކީ މެއިންޓެއިން ކުރަން އަދި ގެންގުޅެން ފަސޭހަ ޓޫލްތަކެކެވެ. މި ބްރޭންޑަކީ 2008 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް ޕަވާ ޓޫލްސް އުފައްދާ ބްރޭންޑެކެވެ.