Roadha Mihaaru
ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2އަށް

ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2އަށް

03 މާޗް 2024

ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފި އެވެ.

އެ ހާޑްވެއާއިން ހުޅުމާލޭގެ ފޭސް 2ގެ ވިނަރެސް ފްލެޓުގެ 4 ވަނަ ޓަވަރުގައި ހުޅުވި ދެ ފްލޯގެ މި ފިހާރައިގެ ހާޑްވެއާ ޕްރޮޑަކްޓުތަކާއި ޕަވާ ޓޫލްތަކުގެ އިތުރުން ހޯމްއިމްޕްރޫވްމަންޓު ޕްރޮޑަކްޓުތައް ލިބޭނެ އެވެ. އަދި ބާތުރޫމް އެސެސަރީޒް އާއި ކިޗަންވެއާ ވެސް އެ ތަނުގައި ހުރެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ސޮނީ ހާޑްވެއާގެ ސުޕަވައިޒަރު މުހައްމަދު އިއްމާން ވިދާޅުވީ އެ ފިހާރަ އަކީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވި ތަނެއް ކަމަށެވެ. އަދި މި ތަނުގައި މާލެއިން ލިބެން ހުރި ގިނަ ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިއްކާ މަޝްހޫރު ކާޗާ, ޓެކްޓިކްސް, މޮނޮލިކްސް, ބޮޝް ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް މި ފިހާރައިން ލިބޭނެ. އަދި މި ތަނުން މިހާރު ސޮނީ ހާޑްވެއާ ފިހާރަތަކުގައި ކުރިއަށް ދާ ރޯދަ ޕްރޮމޯޝަން މި ފިހާރައިގައި ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ސޮނީ ހާޑްވެއާގެ ފިހާރަތަކުގައި ކުރިއަށް ދާ ޕްރޮމޯޝަނަކީ 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ.

ސޮނީ ހާޑްވެއާގެ ފިހާރައެއް ވިނަރެސް ފްލެޓުގައި ހުޅުވުމާ ގުޅިގެން ވިނަރެސްގެ އެޕާޓްމަންޓުތަކުގައި އެ ތަނުން ގަންނަ ވޯޓާހީޓަރާއި އިސްކުރު ފަދަ ތަކެތި ހިލޭ އިންސްޓޯލްކޮށްދިނުމުގެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ.

މި ފިހާރަ ހުޅުވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށެވެ. ރޭގަނޑު މި ފިހާރަ ހުޅުވާނީ 8:00 އިން 10:00 އަށެވެ. ހުކުރު ދުވަހު ހެނދުނު ހުޅުވާނީ 8:00 އިން 10:30 އަށެވެ. މެންދުރާއި ރޭގަނޑު ހުޅުވާނީ ހަފްތާގެ އެހެން ދުވަސް ދުވަހު ވެސް ހުޅުވާ ގަޑިތަކުގަ އެވެ.

ފޭސް ދޭއްގައި ހުޅުވި ފިހާރައިގެ އިތުރުން ސޮނީ ހާޑްވެއާގެ ބޮޑު ފިހާރައެއް ހުޅުމާލެ ފޭސް އެކެއްގައި ވެސް ހުރެ އެވެ.