10 ޖެނުއަރީ 2022
މިދިޔަ އަންގާރަ ދުވަހު ކ. ރަންނާޅި ރިސޯޓު ކައިރިން ފަރަކަށް އެރި ތެޔޮ ބާޖުން އެ ފަރަށް މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ކ. ރަންނާޅި ރިސޯޓު ކައިރިން ފަރަކަށް އެރި ތެޔޮ ބާޖުން އެ ފަރަށް މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ފަރަކަށް އެރި "މެކުނު" ބާޖު، އެމްއެންޑީއެފްގެ އެހީގައި މިދިޔަ ހުކުރު ދުވަހު ފުންކޮށްފައިވާއިރު އެ ބޯޓު ގެ ސަބަބުން ފަރަށް ކިހާ ބޮޑު ގެއްލުމެއް ލިބުނުތޯ ސުވާލުކުރުމުން އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ބޯޓު ފަރަށް އެރީ މޫސުން ރަނގަޅު ދުވަހެއްގައި ކަމަށްވާތީ މާބޮޑު ގެއްލުމެއް އެތަނަށް ލިބުނު ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މޫދަށް ތެޔޮ ވެސް ލީކު ނުވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް މޫސުން ރަނގަޅު ދުވަހެއްގައި ބޯޓު ފަރަށް އަރާފައި ވަނީ. އަނެއްކާ ވަރަށް އަވަހަށް ބޯޓު ފުންކުރެވިއްޖެ. އެހެންވެ މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ނުބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެތަނަށް ލިބުނު ސީދާ ގެއްލުމެއް އެނގޭނީ އެތަނަށް ގޮސްގެން ބެލުމުންނެވެ. އެ މަސައްކަތް އެމްއެންޑީއެފާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ދިގުމިނުގައި 24 މީޓަރު ހުންނަ މި ބާޖު ފަރަށް އަރަން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.
އާންމުކޮށް ބޯޓު ފަހަރު ފަރަށް އެރުމުން އެތަނަށް ލިބޭ ގެއްލުން ބެލުމަށް ފަހު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެ އެވެ.
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ނިންމައިފި
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ރަސްފަރި ފަރަށް އެރިބޯޓުން 10 މިލިއަން ޑޮލަރު ދީފި
ރަސްފަރި ފަރަށް ލިބުނު ގެއްލުމަށް 893 މިލިއަން!
ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުން
ގޮއްވަނީ މީދޫ ފަރުގެ ކުޑަ މިންވަރެއް: މިނިސްޓްރީ
ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ