Roadha Mihaaru
ހިޗްކޮކްގެ "ޓު ކެޗް އާ ތީފް" އަލުން ހަދަނީ

ހިޗްކޮކްގެ "ޓު ކެޗް އާ ތީފް" އަލުން ހަދަނީ

14 ޖެނުއަރީ 2022

ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ އިނގިރޭސިވިލާތުގެ ކުރީގެ ޑައިރެކްޓަރު އެލްފްރެޑް ހިޗްކޮކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓު ކެޗް އަ ތީފް" ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ އިނގިރޭސިވިލާތުގެ ކުރީގެ ޑައިރެކްޓަރު އެލްފްރެޑް ހިޗްކޮކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓު ކެޗް އަ ތީފް" ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި ރިމޭކް ވެސް ހަދަނީ އޮރިޖިނަލް ފިލްމު ގެނެސްދިން ޕެރަމައުންޓް ޕިޗްކާޒް އިންނެވެ. މީގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެކަމާ ހަވާލުވެފައި ވަނީ ފޮކްސްގެ މަގުބޫލު ސީރީޒް "ޕްރޮޑިގަލް ސަން" ގެ ރައިޓަރު އެއިލީން ޖޯންސް އެވެ.

"ޓު ކެޗް އަ ތީފް" ގެ ބަތަލާގެ ރޯލު ކުޅޭނީ "ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ އިޒުރޭލުގެ ބަތަލާ ގަލް ގެޑޯ އެވެ. މީގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޭނާ އާއި ފިރިމީހާ ޖެރޯން ވަރުޒާނޯގެ އިތުރުން "ފާސްޓް އެންޑް ފިއުރިއަސް" ގެ ޕްރޮޑިއުސަރު ނީލް މޮރިޒް ވެސް ބައިވެރިވެ އެވެ.

"ޓު ކެޗް އަ ތީފް" ޑައިރެކްޓްކުރާ މީހެއް އަދި ނޭނގެ އެވެ.

ހިޗްކޮކް 1955 ގައި ގެނެސްދިން ވަރަށް ކާމިޔާބު ރޮމޭންޓިކް ތުރިލާއެކެވެ. "ޓު ކެޗް އަ ތީފް" އަކީ ހަމަ އެ ނަމުގައި 1952 ގައި ލިޔުންތެރިޔާ ޑޭވިޑް ޑޮޖް ގެނެސްދިން ވާހަކައަކަށް ބިނާކޮށް 2.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ބޮކްސް އޮފީހުގައި 8.75 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި މި ފިލްމުގެ ލީޑް ރޯލު ކުޅުނީ ކެރީ ގްރާންޓާއި ގްރޭސް ކެލީ އެވެ.