Roadha Mihaaru
ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން ހުޅުވާލައިފި

ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން އާންމުކޮށް ހުޅުވާލައިފި

13 ޖެނުއަރީ 2022

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެކްސިންގެ ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެކްސިންގެ ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު އޮތީ ދެ ވަނަ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ އުމުރުން 18 އަހަރުވެފައިވާ މީހުންނަށް ކަމަށެވެ.

އެޗްޕީއޭ އިން ވަނީ މި ވެކްސިން ޖެހުމަށް ވެބްސައިޓުން އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ބޫސްޓާ ޑޯޒް ޖަހަން މި ފަށަނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ވެކްސިނުންނެވެ.

މި ވެކްސިން ޖެހުން ލަސްވީ އެ ވެކްސިން ޖަހަން ބޭނުންވާ ހާއްސަ ސިރިންޖު ނުލިބިގެނެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ކޮވިޑްގެ އާ ވެރިއަންޓާ އެކު ވަރަށް ބޮޑަށް އިތުރުވެފަ އެވެ.