ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ފަހު، ކަސްރަތު ކުރުން ހަފްތާއެއްހާ ދުވަހަށް ހުއްޓާލުން ރަނގަޅު ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
24 ޖެނުއަރީ 2022
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ފަހު، ކަސްރަތު ކުރުން ހަފްތާއެއްހާ ދުވަހަށް ހުއްޓާލުން ރަނގަޅު ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
މެލޭޝިއާގައި، ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހިތާ އިރުކޮޅެއް ފަހުން ކަސްރަތަށް ނުކުމެ އުޅުނު ދިވެހި ޒުވާނެއްގެ ކުއްލި މަރާ އެކު، މިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
އެޗްއީއޯސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެކްސިން ޖެހުމަށް ފަހު މަދުވެގެން ހަފްތާއެއްގެ މުއްދަތަށް ކަސްރަތާ ދުރަށް ދިއުން ރަނގަޅު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ބޮޑެތި މީހުން އެގޮތަށް އަމަލުކުރުމަށް ވަކި ރިކޮމެންޑޭޝަނެއް ނެތް ނަމަވެސް ވެކްސިން ޖެހުމަށް ފަހު ކަސްރަތު މެދުކަނޑާލުން ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ފަހު، ހަފްތާއެއްހާ ދުވަހަށް ކަސްރަތު ނުކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަންގަނީ ހަށިގަނޑަށް ލޭ ދައުރުވާ މިންވަރު ދަށްވެ ހިތުގެ ވިންދު އަވަސްވެ ސިއްހީ މައްސަލައެއް ދިމާވެދާނެތީ ކަމަށެވެ.
ވެކްސިން ޖެހުމަށް ފަހު ކަސްރަތު އަދި ބޮޑަށް ވަރުބަލިވާ ފަދަ ކަންކަން ވަކި މުއްދަތަކަށް މެދުކަނޑާލަން ބައެއް ގައުމުތަކުގައި ލަފާ ދީފައި އޮވެ އެވެ.
ކޮވިޑް-19 އާ އެކު މާލެ ލޮކްޑައުންކުރުމުން ގިނަ ބަޔަކު ކަސްރަތަށް ވަގުތު ހުސްކުރި އެވެ. އޭގެ ފަހުން ވެސް ގިނަ ބަޔަކު އެ އާދަ ދަމަހައްޓަމުން އަންނައިރު ވެކްސިން ޖެހުމަށް ފަހު ވެސް އެކަމަށް ނުބަލާ ކަސްރަތުކުރާ މީހުން ގިނަ އެވެ.
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ
ތިން ލައްކަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
ވެކްސިން ފުރިހަމަކުރީ އާބާދީ 54 ޕަސެންޓް މީހުން
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ރާއްޖެއަށް ސްޕަޓްނިކް ވެކްސިން ދެން ނުގެންނާނެ