Roadha Mihaaru
ކަންނެލީގެ މަސްވެރިކަމުގެ ބޮޑު ކޯޓާ ރާއްޖެއަށް

މި ސަރަހައްދުން ކަންނެލީގެ މަސްވެރިކަމުގެ އެންމެ ބޮޑު ކޯޓާ ރާއްޖެއަށް

18 ޖެނުއަރީ 2022

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން މި އަހަރު އޭޝިއާ ސަރަހައްދުން ކަންނެލީގެ މަސްވެރިކަމުގެ އެންމެ ބޮޑު ކޯޓާ ރާއްޖެއަށް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން މި އަހަރު އޭޝިއާ ސަރަހައްދުން ކަންނެލީގެ މަސްވެރިކަމުގެ އެންމެ ބޮޑު ކޯޓާ ރާއްޖެއަށް ދީފި އެވެ.

އައިއޯޓީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން މިއަހަރު ރާއްޖެއަށް ކަނޑައަޅާފައިަނީ 47،195 ޓަނެވެ. އެކަމަކު އެއް ބަޔަކަށް އެންމެ ބޮޑު ކޯޓާއެއް ކަނޑައަޅާފައިވަނީ އީޔޫ އަށެވެ. އެއީ 73،146 ޓަނެވެ. ދެން އެންމެ ބޮޑު ކޯޓާއެއް އޮތީ 31،066 ޓަނުގެ ލިމިޓަކާ އެކު ސްރީ ލަންކާއަށެވެ.

ރާއްޖެއިން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެވްރެޖުކޮށް ބާނާފައިވަނީ 47،000 ޓަނުގެ ކަންނެއްޔެވެ. އެކަމަކު 2020 ވަނަ އަހަރު ބޭނީ 42،000 ޓަނެވެ.

އެހެން ބައެއް ގައުމުތަކަށް ކަނޑައެޅި ލިމިޓްތައް

- ޕާކިސްތާން: 14،000 ޓަނު

- ތައިލެންޑް: 2،000

- ސީޝެލްސް: 30،000

- ބަންގްލަދޭޝް: 2،000

- މޮރީޝަސް: 10،490

- ޗައިނާ: 10،557

ގައުމުތަކުން ކަންނެލި ބާނާ ނުވަތަ ހިފާ ވަރު އައިއޯޓީސީން ލިމިޓްކުރަން ގަރާރެއް ފާސްކުރީ މިދިޔަ އަހަރު އެވެ. މި ގަރާރަށް އެއްބަސްނުވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސޯމާލިއާ، އޮމާން، މަޑަގަސްކާ އަދި އިންޑޮނީޝިއާ ހިމެނެ އެވެ. އެހެންވެ މި ގައުމުތަކުން ހިފާ ކަންނެލީގެ އަދަދު ލިމިޓްކޮށްފައެއް ނުވެ އެވެ.