މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓް ނުލިބިގެން ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
19 ޖެނުއަރީ 2022
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓް ނުލިބިގެން ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ލީޑަޝިޕްގެ ދަށުން ހިންގި ސިޓީ ކައުންސިލުން ފެށި އަދި މިހާރުގެ ކައުންސިލުން ބަދަލުތަކެއް ވެސް ގެނެސްފައިވާ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މީގެ ދެ މަސް ކުރިން ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.
މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށްޓަކައި އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ، މި ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް އައީ ބެޖެޓް ދޫކުރުން ސަރުކާރުން މަޑުޖައްސާލާފައި އޮތުމުން ކަމަށެވެ. އެކަމަކު އެއީ ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލު ނުކުރައްވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްބާރުލުމާއެކު މި އަހަރު އަނެއްކާވެސް މަގު ހެދުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ދާނެ ކަމަށް ޔަގީން ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މިހާރުގެ ކައުންސިލުން އާރްޑީސީއާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން 16 މަގެއްގައި ތާރު އަޅަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ ބޮޑެތި މަގުތައް ވެސް ހިމެނެ އެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ.
މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
ތާރު އަޅަން ނިންމާފައި ވަނީ މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ މަގުތަކުގަ އެވެ.
• 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން.
• ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އެޅުން.
• މުއްދަތު އަވަސްކޮށް ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމުން.
• ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން.
މި އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް އެއްކޮށް ނިންމަން ހޭދަވާ މުއްދަތު ވީހާ ވެސް އަވަސް ކުރަން ބޭނުންވުމެވެ. މިހާރު މި ގެނައި ބަދަލާއެކު ދެ އަހަރުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ކުރީގެ މޭޔަރު ޝިފާ ދައުރުގައި ސޮއިކުރި އެ އެއްބަސްވުމުގައިވާ ގޮތުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް މި މަޝްރޫއުގެ ދަށުން ހައްލެއް ލިބޭނެ އެވެ.
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ގަސްތައް ކޮށައިދިނުން ސިޓީ ކައުންސިލުން ހުއްޓާލައިފި
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން
މާލޭ މަގުތައް އަލުން ހަދަނީ، އަމީނީމަގުގައި ތާރުއަޅަނީ
މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ފަށަނީ
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް
މަގުކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްފި