26 ޖެނުއަރީ 2022
ލަންކާގެ ޓޫރިސްޓު ހޮޓާތަކުން ދޭ އެންމެހައި ހިދުމަތްތަކަށް އަގު އަދާކުރަންޖެހޭނީ ބޭރު ފައިސާ އިން ކަމަށް، އެ ގައުމުގެ މަރުކަޒީ ބޭންކުން ކަނޑައަޅައި، ޓޫރިސްޓު ހިދުމަތް ދޭ ހުރިހާ ތަންތަނަށް އެކަން އިއްޔެ އަންގައިފި އެވެ.
ލަންކާގެ ޓޫރިސްޓު ހޮޓާތަކުން ދޭ އެންމެހައި ހިދުމަތްތަކަށް އަގު އަދާކުރަންޖެހޭނީ ބޭރު ފައިސާ އިން ކަމަށް، އެ ގައުމުގެ މަރުކަޒީ ބޭންކުން ކަނޑައަޅައި، ޓޫރިސްޓު ހިދުމަތް ދޭ ހުރިހާ ތަންތަނަށް އެކަން އިއްޔެ އަންގައިފި އެވެ.
ސްރީ ލަންކާގެ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ ލިބުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި، މަރުކަޒީ ބޭންކުން އިއްޔެ ގެޒެޓްކުރި އެންގުމުގައި ބުނެފައިވާ ގޮތުން، ޓޫރިސްޓު ހިދުމަތް ދޭ އެއްވެސް ތަނަކުން، ބިދޭސީއަކަށް ދޭ އެއްވެސް ހިދުމަތަކަށް، ބޭރު ފައިސާ އިން ނޫނީ އަގު ނަގައިގެން ނުވާނެ އެވެ.
ބޭރު ފައިސާ އިން އަގު އަދާކުރުމުގައި ލަންކާ ރައްޔިތުން އިސްތިސްނާވާނެ އެވެ. މަރުކަޒީ ބޭންކުގެ އެންގުމުގައިވާ ގޮތުން، ބޭރު ފައިސާ އިން އަގު އަދާކުރަން ޖެހޭނީ ލަންކާގެ ރައްޔިތުކަން ނެތް ކޮންމެ މީހެކެވެ.
ޓޫރިސްޓު ހިދުމަތް ދޭ އެންމެހައި ތަންތަނަށް ބިދޭސީން ދައްކާ ބޭރު ފައިސާ، ޖަމާކުރަންޖެހޭނީ ވެސް، ޓޫރިސްޓު ހިދުމަތް ދިން ތަނެއްގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. ނުވަތަ، އެ ތަނަކަށް ލިބޭ ބޭރު ފައިސާ، ތިން ދުވަސް ތެރޭގައި، ލަންކާ ސަރުކާރުން ލައިސަންސް ދީފައިވާ ބޭންކަކަށް ވިއްކާލަންޖެހޭނެ އެވެ.
ލަންކާގައި ޓޫރިސްޓު ހިދުމަތްދޭ އެއްވެސް ތަނަކަށް، ބިދޭސީއަކު ލަންކާ ފައިސާ އިން އަގު އަދާކުރާ ނަމަ، އެ ފައިސާއަކީ ލަންކާ ސަރުކާރުން ލައިސަންސް ދީގެން ހިންގާ ބޭންކަކުން ނުވަތަ ބޭރު ފައިސާ މާރުކުރާ ތަނަކުން މާރުކޮށްފައިވާ ލަންކާ ފައިސާކަން ސާބިތުކޮށްދޭންޖެހޭނެ އެވެ.
ސްރީ ލަންކާ ސަރުކާރުން މި ފިޔަވަޅުތައް މި އެޅީ، ލަންކާގެ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އަސާސީ މުދަލާއި ހިދުމަތްތަކުގެ އިތުރުން ކާބޯތަކެތީގެ އަގުތައް ވެސް ވަރަށް ބޮޑަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ އިތުރުން ލަންކާގެ ބޭރު ދަރަނިތައް ޚަލާސްކުރުމުގައި ވެސް، ބޭރު ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ލަންކާގައި މިވަގުތު އެންމެ ދަތިވެފައިވަނީ ޕެޓްރޯލާއި ޑީސަލްގެ އިތުރުން ކައްކާ ގޭސް ހޯދުމަށެވެ. އޭގެ އިތުރުން، އެ ގައުމަށް އެތެރެކޮށްފައި ހުރި އެތައް ހާސް ކޮންޓެއިނަރެއްގެ މުދާ، ބޭރު ފައިސާ ނެތުމުގެ ސަބަބުން، ކަސްޓަމުން ނުނެރެވި ވިޔަފާރި ބަނދަރުގައި ހިފަހައްޓާފައި އެބަ ހުއްޓެވެ.
ލަންކާގައި ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަނީ
ލަންކާގެ ބޭރުގެ ދަރަނިތައް މި އަހަރު ދައްކާނެ
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި