Roadha Mihaaru
ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ

ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ

26 ޖެނުއަރީ 2022

އދ. ދަނގެތީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދަނގެތީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ދަނގެތީ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނިކޮށް، ރޭ ދަންވަރު ނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.

މި ބަލީގައި އިއްޔެ ވެސް ވަނީ އުމުރުން 80 އަހަރު ދިވެހި ފިރިހެނަކު ނިޔާވެފަ އެވެ.

މިއަދުގެ މަރާ އެކު، މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި 10 މީހަކު ވަނީ ރާއްޖެ އިން ނިޔާވެފަ އެވެ. މި ބަލިމަޑުކަން ފެތުރުނު ފަހުން، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން ނިޔާވި މީހުންގެ ޖުމުލައަކީ 272 އެވެ.

މި ދުވަސްވަރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގަ އެވެ. އަދި މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 16،000 އިން މަތީގަ އެވެ.