Roadha Mihaaru
ކޮވިޑްގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ

ކޮވިޑްގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ

06 ފެބުރުއަރީ 2022

ކޮވިޑް-19 ގައި އުމުރުން 21 އަހަރުގެ ދިވެހި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި އުމުރުން 21 އަހަރުގެ ދިވެހި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، އެ ޒުވާނާ ނިޔާވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މެންދުރުފަހު 3:40 ހާއިރު ކަމަށެވެ. އެކަމަކު، މާލެ އަށް އުފަން އެ ޒުވާނާގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް އެޗްޕީއޭއަކުން ނުދެ އެވެ.

މި ޒުވާނާގެ މަރާއެކު، ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް ވަނީ 283 މީހަކު ނިޔާވެފަ އެވެ.

ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 75 އަހަރުގެ އަންހެނަކު ވެސް މިއަދު މެންދުރު 1:42 ހާއިރު ނިޔާވި އެވެ. އެހެންވެ، މިއަދުގެ މިހާތަނަށް އެ ބަލީގައި ދެ މީހަކު ވަނީ ރާއްޖެ އިން ނިޔާވެފަ އެވެ.

ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވުމަށް ފަހު، އޮމިކްރޮން ވޭރިއެންޓާއެކު އެ އަދަދު އަނެއްކާ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މި ވަގުތު ފަރުވާ ދެމުން އަންނަނީ 52 މީހަކަށެވެ.