ސަރުކާރުގައި ހިންގި "ގެދޮރުވެރިކުރުމުގެ ޕްރޮގްރާމް"ގެ ދަށުން އައްޑޫ ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
27 ޖެނުއަރީ 2022
ސަރުކާރުގައި ހިންގި "ގެދޮރުވެރިކުރުމުގެ ޕްރޮގްރާމް"ގެ ދަށުން އައްޑޫ ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން އޭ އަދި ބީ ކެޓަގަރީގައި ހިމެނޭ 37 ފްލެޓަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ ކަމަށާއި މި މަހު 27ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ފްލެޓުތަކަށް ކުރިމަތިލެވޭނީ، އައްޑޫ ހުޅުދު އާއި މީދޫ އަވަށުގެ މީހުންނާއި އެ ދެ އަވަށުގައި މިހާރު ދިރިއުޅޭ ރަށުން ބޭރު މީހުންގެ އިތުރުން އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށެވެ.
އޭ ކެޓަގަރީން 27 ފްލެޓް ދޫކުރާއިރު، އެ ހާއްސަކުރަނީ ހުޅުދު އާއި މީދޫގެ މީހުންނަށެވެ. އަދި ބީ ކެޓަގަރީން ދޫކުރާ 10 ފްލެޓް ހާއްސަކުރަނީ އެ ދެ އަވަށުގައި ދިރިއުޅޭ ރަށުން ބޭރު މީހުންނާއި އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށެވެ.
ތިން ކޮޓަރީގެ މި ފްލެޓުތަކުގައި ބަދިގެ އާއި ސިޓިންރޫމާއި ލޯންޑްރީ ބައެއްގެ އިތުރު ބެލްކަނީއެއް ހުރެ އެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުރެ އެވެ.
- ފްލެޓް ލިބޭ މީހުން އެޑްވާންސްގެ ގޮތުގައި 19،000ރ. ދައްކަން ޖެހޭނެ.
- 25 އަހަރުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކޮންމެ މަހަކު 3،000ރ. ދައްކަން ޖެހޭނެ.
- ފްލެޓްގެ މެއިންޓެނެސް ހަރަދަށް ކޮންމެ މަހަކު 550ރ. ދައްކަން ޖެހޭނެ.
- ފައިސާ ދައްކާ ނިމެންދެން މި ފްލެޓްތައް ރަހުނުކުރެވޭނެ.
ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި އިމާރާތްކުރި މި ފްލެޓުތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ 2020 ގަ އެވެ. އެކަމަކު، އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ފަހަރު މި ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމުން، ފްލެޓް ދޫކުރުން ފަސްކުރީ ކަމަށެވެ.
އައްޑޫގެ 3ރަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
20 އަހަރަށް ފަހު ފޭދޫން 300 ގޯތި ދޫކުރަނީ
އައްޑޫން އިތުރު 41 ފްލެޓަކަށް ފުރުސަތު ހުޅުވާލައިފި
އައްޑޫގެ ފްލެޓްތަކުގެ މަރާމާތު ފައިސާ ހަވާލު ކުރަނީ
އައްޑޫގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އައްޑޫން ދޫކުރި ގޯތިތައް ފަޅަށް އޮތުމުން ފިޔަވަޅުއަޅަނީ
އައްޑޫން ދޫކުރާ ގޯތިތަކުގެ ގުރުލުން ފަށަނީ
އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި
އައްޑޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި
ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދޫކުރަނީ