Roadha Mihaaru

ތުރުކީގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

27 ޖެނުއަރީ 2022

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޯ ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

މި ދަތުރުގައި ދިވެހި ސަރުކާރާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވައި، ދެ ގައުމުގެ ދެމެދުގައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.