Roadha Mihaaru
ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ

ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ

28 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ އެވެ.

ރާއްޖެ އަށް ކޮރޯނާވައިރަސް ފެތުރި ހާލަތު ސީރިއަސް ވެފައިވާތީ، ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ދެކުނު ކޮރެއާ އާއި ރަޝިއާގެ އެހީއަށް ވެސް އެދިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 228 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ޓޫރިސްޓުން އައުން މަޑުޖެހުމުން އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ، އެކަންކަމުގެ އަރައިގަތުމަށް ރާއްޖެ އިން އަންނަނީ އެކި ގައުމުތަކުގެ އެހީ އަށް އެދެމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސްލޫ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ދެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ޝާހިދު އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް މެވްލުޓް ތައުރީފް ކުރެއްވި ކަމަށާއި އޭގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެ ދެ ބޭފުޅުން ފާހަގަ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެހީ ފޯރުކޮށް ދިނީ ޗައިނާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އިންނެވެ. އެގޮތުން މެޑިކަލް ސާމާނާއި ބައެއް ބޭހާއި ކާބޯތަކެތި ވެސް އެ ގައުމުތަކުން ހަދިޔާ ކޮށްފައިވެ އެވެ. އަދި ބޭރުގެ ބައެއް މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ފައިސާގެ އެހީ ދޭން ނިންމައިފަ އެވެ.