28 ޖެނުއަރީ 2022
ކަލާމާ، ޗިލީ (ޖެނުއަރީ 28) - މި އަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި އާޖެންޓީނާ އަތުން ބަލިވެ، މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ޗިލީ އަށް ކުޑަވެއްޖެ އެވެ.
ކަލާމާ، ޗިލީ (ޖެނުއަރީ 28) - މި އަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި އާޖެންޓީނާ އަތުން ބަލިވެ، މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ޗިލީ އަށް ކުޑަވެއްޖެ އެވެ.
އާޖެންޓީނާ އިން ރަށުން ބޭރުގައި ރޭ ޗިލީއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ. މެޗުގައި ފެނުނު ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. އާޖެންޓީނާގެ އެންހެލް ޑި މާރިއާ މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 11 މިނިޓު ފަހުން ޗިލީ އަށް އެއްވަރު ކޮށްދިނީ މިދިޔަ އަހަރު އެ ގައުމުގެ ރައްޔިތުކަން ހޯދި، އިނގިރޭސި ވިލާތަށް އުފަން ބެންޖަމިން ބެރާރިޓޯން ޑިއާޒް، 22 އެވެ. އަދި އާޖެންޓީނާ މޮޅުވި ލަނޑު 34 ވަނަ މިނިޓުގައި ޖަހައިދިނީ އިންޓަ މިލާނަށް ކުޅޭ ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒް އެވެ. މި ލަނޑާ އެކު ޗިލީގެ ކެޕްޓަން އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.
ދިހަ ޓީމު ވާދަކުރާ ކޮލިފައިން ބުރުގައި ޗިލީ އަށް ބާކީ އޮތީ ތިން މެޗެވެ. އެ ޓީމު އޮތީ 16 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. މި ބުރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ލިބޭއިރު، އާޖެންޓީނާ އަދި ބްރެޒިލް ވަނީ މާކުރިން މި އަހަރުގެ މުބާރާތުން ޖާގަ ހޯދައިފަ އެވެ.
ފަސް ވަނައިގައި ނިންމާ ޓީމެއް ވޯލްޑް ކަޕުން ޖާގަ ހޯދަން ޖެހޭނީ، އޭޝިއާގެ ކޮލިފައިން ހަތަރުވަނަ ބުރުގެ ދެ ގުރޫޕުން ތިންވަނަ ހޯދާ ދެ ޓީމާ ކުޅެ މޮޅުވެ އަދި ޕްލޭއޮފް ކާމިޔާބު ކުރާށެވެ. ޓޭބަލްގައި، ފަސްވަނަ އަދި ހަވަނައިގައި އޮތް ކޮލަމްބިއާ އާއި ޕެރޫ އަށް ވެސް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ކޮލިފައިންގައި މިރޭ މި ދެ ޓީމުގެ ކުރިމަތިލުން ފެށޭނީ ރާއްޖެ ގަޑިން ދަންވަރު 2 ޖަހާއިރެވެ.
ބްރެޒިލްގެ ކީޕަރު އެލިސަން ބޯޅަ ޕަންޗް ކުރަނިކޮށް އިކުއެޑޯގެ ޕްރެސިއާޑޯ ބޮލުގައި ޖެހެނީ.-- ފޮޓޯ: އޭއެފްޕީ
ބްރެޒިލް ވަނީ ރަށުން ބޭރުގައި އިކުއެޑޯއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ހަވަނަ މިނިޓުގައި ކަސެމީރޯ ބްރެޒިލް އަށް ލީޑު ނަގައިދީފައި ވަނިކޮށް 15 ވަނަ މިނިޓުގައި އިކުއެޑޯގެ ގޯލްކީޕަރު އެލެކްޒެންޑާ ޑޮމިންގޭޒް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން، ޓޮޓެންހަމަށް ކުޅޭ ބްރެޒިލްގެ ރައިޓް ބެކް އެމަސަން ރޯޔަލް އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އިކުއެޑޯ އިން އެއްވަރުކުރީ 75 ވަނަ މިނިޓުގައި ޑިފެންޑަރު ފީލިކްސް ޓޮރޭޒް ޖެހި ލަނޑުންނެވެ.
މި މެޗުގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ރެފްރީ ދެއްކި ދެ ރަތްކާޑު ވަނީ ވީއޭއާރުގެ އެހީގައި ކެންސަލް ކޮށްފަ އެވެ. އެލިސަން އަށް ފުރަތަމަ ރަތްކާޑު ދެއްކީ 29 ވަނަ މިނިޓުގައި ފަހަތަށް އައި ބޯޅައެއް ފައިން ދިފާއުކުރަން އުޅުމުން އިކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ބޮލުގައި ފައިން ޖެހުމުންނެވެ. ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ރަތް ކާޑު ކެންސަލްކޮށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ދެވަނަ ފަހަރަށް އެލިސަން އަށް ރަތް ކާޑު ދެއްކީ މެޗުގެ ފަހު ކޮޅު އޭރިއާ ތެރެއިން ބޯޅައެއް ޕަންޗް ކޮށްލި ވަގުތު އައިޓަން ޕްރެސިއާޑޯ ބޮލުގައި އަތުން ޖެހުމުންނެވެ. އެލިސަން އަށް ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ. ފަހު ހާފުގައި އިކުއެޑޯ އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމިއިރު، އެ ފަހަރު ޕެނަލްޓީ ކެންސަލް ކޮށްލީ ވެސް ވީއޭއާރުންނެވެ.
އުރުގުއޭ ރޭ ވަނީ ޕެރަގުއޭއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު 50 ވަނަ މިނިޓުގައި ޖަހައިދިނީ ލުއިސް ސުއަރޭޒެވެ. އުރުގުއޭ އޮތީ 19 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގަ އެވެ. ބްރެޒިލްއާ އެއްވަރުކުރި އިކުއެޑޯ ތިންވަނައިގައި އޮތީ 24 ޕޮއިންޓް ހޯދައިގެންނެވެ.
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ
އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑް
ބްރެޒިލްގެ ހެލްތު އޮތޯރިޓީން މެޗު ހުއްޓުވައިފި
ހައްލެއް ނުލިބުމުން ވޯލްޑް ކަޕް ކޮލިފައިން ފަސްކޮށްފި
ބްރެޒިލް ރެކޯޑް ދެމެހެއްޓިއިރު، އާޖެންޓީނާ އަށް މޮޅެއް
ބްރެޒިލާއި އާޖެންޓީނާ އަށް މޮޅެއް
ބްރެޒިލް ލީޑުގައި، އާޖެންޓީނާ އަށް މުހިއްމު މޮޅެއް