Roadha Mihaaru
ބްރެޒިލް ލީޑުގައި، އާޖެންޓީނާ އަށް މުހިއްމު މޮޅެއް

ބްރެޒިލް މަގާމް ދެމެހެއްޓިއިރު، އާޖެންޓީނާ އަށް މުހިއްމު މޮޅެއް

24 މާޗް 2017

މޮންޓެވިޑޯ، އުރުގުއޭ (މާޗް 24) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 4-1 އިން ހޯދި މޮޅާ އެކު ބްރެޒިލް ކޮލިފައިންގެ އެއް ވަނަ މަގާމު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޗިލީ އަތުން 1-0 އިން އާޖެންޓީނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮންޓެވިޑޯ، އުރުގުއޭ (މާޗް 24) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 4-1 އިން ހޯދި މޮޅާ އެކު ބްރެޒިލް ކޮލިފައިންގެ އެއް ވަނަ މަގާމު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޗިލީ އަތުން 1-0 އިން އާޖެންޓީނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު ބްރެޒިލް އެއް ވަނައިގައި އޮތީ 13 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓާ އެކު އުރުގުއޭ އެވެ. ރޭގެ މޮޅާ އެކު އާޖެންޓީނާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 13 މެޗުން 22 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ 13 މެޗުން 21 ޕޮއިންޓް ހޯދައިގެން ކޮލަމްބިއާ އެވެ.

ދިހަ ޓީމުގެ މެދުގައި ކުޅެވޭ މި ކޮލިފައިން ބުރުން ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ހަތަރު ޓީމެކެވެ. ފަސް ވަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ރަށުން ބޭރުގައި ރޭ ބްރެޒިލުން އުރުގުއޭގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޑިސަން ކަވާނީ ވަނީ އުރުގުއޭ އަށް ލީޑު ނަގައިދީފަ އެވެ. ބްރެޒިލް ފަހަތުން އަރައި މޮޅުވިއިރު، އެ ޓީމުގެ ޕައުލީނިއޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ނޭމާ އެވެ.

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ އުރުގުއޭ ފަދަ ވަރުގަދަ ޓީމެއް އަތުން ރަށުން ބޭރުގައި މި ނަތީޖާ އިން މޮޅުވުމަކީ ބްރެޒިލް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކަމުގެ ހެއްކެއް ކަމަށެވެ.

ރޭ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުކޮށްދިން ލަނޑު މެޗުގެ 16 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ލިއޮނަލް މެސީ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޗިލީގެ ހޯސޭ ފުއެންޒަލީޑާ އާޖެންޓީނާގެ އެންހެލް ޑި މާރިއާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ކޮލިފައިންގެ ކުރީކޮޅު އާޖެންޓީނާގެ ނަތީޖާތައް ދަށްވި ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ބުނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ގާތްގާތުގައި ގިނަ މެޗުތަކުން މޮޅުވުން މުހިއްމު ކަމަށެވެ.