18 ނޮވެމްބަރ 2020
މޮންޓެވީޑޯ، އުރުގުއޭ (ނޮވެމްބަރު 18) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ ރަށުން ބޭރުގައި 2-0 އިން އުރުގުއޭ ބަލިކޮށް ބްރެޒިލުން ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޕެރޫގެ މައްޗަށް އާޖެންޓީނާ އިން 2-0 އިން ކުރިހޯދައިފި އެވެ.
މޮންޓެވީޑޯ، އުރުގުއޭ (ނޮވެމްބަރު 18) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ ރަށުން ބޭރުގައި 2-0 އިން އުރުގުއޭ ބަލިކޮށް ބްރެޒިލުން ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޕެރޫގެ މައްޗަށް އާޖެންޓީނާ އިން 2-0 އިން ކުރިހޯދައިފި އެވެ.
ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ކޮލިފައިން އެއް ވަނައިގައި ބްރެޒިލް އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ރޭ 6-1 އިން ކޮލަމްބިއާ ބަލިކުރި އެކުއެޑޯ އެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ލުއިސް ސުއަރޭޒް ނުލައި އުރުގުއޭ އިން ރޭގެ މެޗުގައި ކުޅުނުއިރު އެ ޓީމުގެ އެޓޭކް ލީޑުކުރަމުންދިޔައީ އެޑިންސަން ކަވާނީ އެވެ. ކަވާނީ އަށް އެންމެ ރަނގަޅަށް ފުރުސަތުތައް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ.
ބްރެޒިލުން މި މެޗުގައި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ބްރެޒިލަށް ލީޑުނަގައިދިނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މިޑްފީލްޑަރު އާތޫރު މެލޯ އެވެ. އޭގެ އިރުކޮޅެއް ފަހުން ކައުންޓަ އެޓޭކުގައި ބްރެޒިލްގެ ލީޑުފުޅާކުރަން ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލަށް ދެ ވަނަ ގޯލު ޖަހައިދިނީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެވަޓަންގެ ފޯވާޑް ރިޗާލިސަން އެވެ. އަނިޔާގެ ސަބަބުން ބްރެޒިލުން ރޭގެ މެޗުގައި ވެސް ކުޅުނީ އެ ޓީމުގެ ތަރި ނޭމާ ނުލަ އެވެ.
އުރުގުއޭ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 71 ވަނަ މިނިޓްގައި ކަވާނީ އަށް ރަތް ކާޑު ދެއްކުމުންނެވެ. ރިޗާލިސަން އަށް ކަވާނީ ކުރި ފައުލަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.
ބްރެޒިލްގެ ކޯޗު ޓެޓޭ ބުނީ މިއީ ކުޅުންތެރިން އުނދަގޫ ހާލަތްތަކުގައި ވެސް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ހޯދުނު މޮޅެއް ކަމަށާއި ފުރަތަމަ ހަތަރު މެޗުން މޮޅުވުމަކީ އޭނާ އުއްމީދުކުރި ވަރަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް ކަމަށެވެ.
އާޖެންޓީނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕެރޫ ކޮޅަށް އެ ޓީމުން ވެސް ދެ ގޯލު ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ލޫކަސް ގޮންޒާލޭޒް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އޭގެ 11 މިނިޓް ފަހުން އެ ޓީމުގެ ލީޑުފުޅާކޮށްދިނީ ލަޓާރޯ މާޓިނޭޒް އެވެ. މި މެޗުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. ޕެރޫ އިން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ
ޗިލީ އަށް މިއަހަރުގެ ވޯލްޑް ކަޕުގެ އުންމީދު ކުޑަވެއްޖެ
އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑް
ބްރެޒިލްގެ ހެލްތު އޮތޯރިޓީން މެޗު ހުއްޓުވައިފި
ހައްލެއް ނުލިބުމުން ވޯލްޑް ކަޕް ކޮލިފައިން ފަސްކޮށްފި
ބްރެޒިލާއި އާޖެންޓީނާ އަށް މޮޅެއް
ބްރެޒިލް ލީޑުގައި، އާޖެންޓީނާ އަށް މުހިއްމު މޮޅެއް