30 ޖެނުއަރީ 2022
ގައުމީ ޔުނިވާސިޓީގެ ނާސިން ސްކޫލްގެ ޑީންއަކަށް ދެވަނަ ދައުރަކަށް އާސިޔާ އިބްރާހިމް މިއަދު އައްޔަން ކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ ނާސިން ސްކޫލްގެ ޑީންއަކަށް ދެވަނަ ދައުރަކަށް އާސިޔާ އިބްރާހިމް މިއަދު އައްޔަން ކޮށްފި އެވެ.
އޭނާއާ މި މަގާމު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
މި މަގާމަށް އާސިޔާ އަލުން އައްޔަންކުރީ އޭނާގެ ހަތަރު އަހަރުގެ ދައުރު ނިމުމާ ގުޅިގެންނެވެ.
އާސިޔާ ވިދާޅުވީ، އޭނާގެ ފުރަތަމަ ދައުރުގައި ވެސް ނާސިން ސްކޫލަށް ބަދަލުތަކެއް ގެނެސްފައިވާއިރު ކުރިއަށް އޮތް ދައުރަށް ވެސް ގިނަ ޕްލޭންތަކެއް ރާވައިފައިވާ ކަމަށެވެ. އަދި ނާސިން ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ލެކްޗަރާއިންގެ އަދަދު މިހާރު ވެސް އިތުރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ސްކޫލް އޮފް ނާސިންގެ ޑީންކަމުގެ މަގާމަށް އަޅުގަނޑު ދެވަނަ ފަހަރަށް އައްޔަން ކުރުމަށް ނިމިގެންދި ޔައީ، އަޅުގަނޑަށް މި ދާއިރާ އިން ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އިތުރުން ވޭތުވެދިޔަ ހަތަރު އަހަރު އަޅުގަނޑު ސްކޫލް އޮފް ނާސިންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްފައި ވާތީ،" އާސިޔާ ވިދާޅުވި އެވެ.
ނާސިން ސްކޫލް ކުރިއެރުވުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން އެ ފެކަލްޓީގެ ޑީން އާސިޔާ މިއަދު ވާހަކަ ދައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
- ކެމްޕަސްތަކުގައި ނާސިން ޑިގްރީ އަދި މާސްޓާސްގެ ފުރުސަތުތައް އިތުރު ކުރުން.
- ނާސިން ދާއިރާ އިން ރިސާޗް މަސައްކަތްތައް ފުޅާކުރުން.
- އެ ދާއިރާ އިން ޕީއެޗްޑީ ފަށައި، ޕީއެޗްޑީ ހާސިލް ކޮށްފައިވާ މުވައްޒަފުން އިތުރުކުރުން.
- ސްޕެޝަލައިޒް ކޯސްތައް ފަރުމާކޮށް ހިންގުން.
- މެންޓަލް ހެލްތު އަދި ކޮމިއުނިޓީ ނާސިން ފެށުން.
- ނާސިން އާޓްލެބް އަޕްގްރޭޑް ކުރުން.
އާސިޔާ، ގައުމީ ޔުނިވާސިޓީއާ ގުޅުނުތާ 23 އަހަރު ވެފައިވާއިރު، އޭނާ ވަނީ އެ ޔުނިވާސިޓީގެ އެކި މަގާމުތައް އަދާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އެސިސްޓެންޓް ލެކްޗަރާ އާއި ލެކްޗަރާ އާއި ސީނިއާ ލެކްޗަރާ އާއި ޑިޕާޓްމަންޓް ހެޑްގެ މަގާމު ހިމެނެ އެވެ.
ކޯސްތައް ހަރުދަނާކޮށް އެމްއެންޔޫގައި ނާސިން ސްކޫލެއް
އިބާ: ނަރުހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލާނެ
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
ކިޔަވަން ބޫޓާނުން ރާއްޖެއަށް: ނިޑުޕްގެ ވާހަކަ
ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަނީ
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު ގްރެޖުއޭޓްވެއްޖެ
ދުވަސްވީ މީހުން އާއިލާއާ އެކު އުޅުނަސް އެކަނިވެރިކަން
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް