Roadha Mihaaru
ވީކެންޑަށް؛ "ބޮބަ ފެޓް" ބަލަން ޖެހޭ

ވީކެންޑަށް؛ "ބޮބަ ފެޓް" ބަލަން ޖެހޭ

03 ފެބުރުއަރީ 2022

ސްޓާ ވޯސްގެ ސީރީޒް "ދަ ބުކް އޮފް ބޮބަ ފެޓް" އަކީ މިހާރު ދައްކަމުން އަންނަ ސީރީޒްތަކުގެ ތެރެއިން އެންމެ ސަޅި މަސައްކަތެވެ.ޑިޒްނީ ޕްލަސް އިން ހަފުތާ އަކު އެޕިސޯޑެއް ނެރެމުން އަންނަ މި ސީރީޒްގެ ބާކީ ދެން އޮތީ އެންމެ އެޕިސޯޑެކެވެ. ދިގު އިންތިޒާރަކަށް ފަހު ސްޓާ ވޯސްގެ ފޭނުންނަށް ބަލާލަން ލިބުނު މި ސީރީޒަށް ލިބޭ ތަރުހީބާއި، ރިވިއުތައް ވެސް ވަރަށް ރަނގަޅެވެ.

ސްޓާ ވޯސްގެ ސީރީޒް "ދަ ބުކް އޮފް ބޮބަ ފެޓް" އަކީ މިހާރު ދައްކަމުން އަންނަ ސީރީޒްތަކުގެ ތެރެއިން އެންމެ ސަޅި މަސައްކަތެވެ.ޑިޒްނީ ޕްލަސް އިން ހަފުތާ އަކު އެޕިސޯޑެއް ނެރެމުން އަންނަ މި ސީރީޒްގެ ބާކީ ދެން އޮތީ އެންމެ އެޕިސޯޑެކެވެ. ދިގު އިންތިޒާރަކަށް ފަހު ސްޓާ ވޯސްގެ ފޭނުންނަށް ބަލާލަން ލިބުނު މި ސީރީޒަށް ލިބޭ ތަރުހީބާއި، ރިވިއުތައް ވެސް ވަރަށް ރަނގަޅެވެ.

މި ސީރީޒްގައި ދައްކަނީ ހަނަފަސް ސަހަރާތަކެއް ހުންނަ ދުނިޔެއެއް ކަމަށްވާ ޓެޓުއީންގައި، ސްޓާ ވޯސްގެ އެންމެ ވަރުގަދަ އެއް ގޭންގްސްޓާރު ކަމަށްވާ ޖާއްބާ ދަ ހަޓްގެ ކުރީގެ ޓެރިޓޮރީގައި ބައުންޓީ ހަންޓާ، ބޮބަ ފެޓް (ޓެމުއެރަ މޮރިސަން) ވެރިކަން ކުރާ ތަނެވެ.

އެންމެފަހުން ދެއްކި އެޕިސޯޑުގައި އޭނާ ވަނީ ސްޓާ ވޯސްގެ އެހެން ސީރީޒެއް ކަމަށްވާ "ދަ މެންޑަލޯރިއަން" އިން ތާއަރަފުވި ޑި ޖާރިން (ޕެޑްރޯ ޕަސްކަލް) ގެ އެހީ ވެސް ހޯދަން ފަށައިފަ އެވެ. "ދަ މެންޑަލޯރިއަން" އަކީ ވެސް ވަރަށް ގިނަ ބައެއް ލޯބި ލިބުނު ސީރީޒެކެވެ. އެ ސީރީޒްގެ އެހެން ކެރެކްޓާސްގެ ތެރެއިން ބޭބީ ޔޯޑާގެ ގޮތުގައި މަޝްހޫރުވި ގްރޮގޫ އަދި ސީޖީއައި ބޭނުންކޮށްގެން ލޫކް ސްކައިވޯކާގެ ގިނަ މަންޒަރުތަކެއް ވެސް ދައްކަ އެވެ.

އެންމެ ފަހު އެޕިސޯޑް ނިކުންނާނީ އަންނަ ހަފުތާގެ ބުދައިގަ އެވެ.

މި ލިސްޓަށް ދެން އިތުރުކުރާނެ ސީރީޒްތަކަކީ؛

ޔޫފޯރިއާ

ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތަކެއް ހިމަނައިގެން ގެނެސްދޭ އެޗްބީއޯ މެކްސްގެ ޑްރާމާ ސީރީޒް "ޔޫފޯރިއާ" ގެ ދެ ވަނަ ސީޒަންގެ އާ އެޕިސޯޑެއް މިހާރު ކޮންމެ ހަފުތާ އަކު ނިކުމެ އެވެ. ފުރަތަމަ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، އާ ސީޒަނަށް ވަނީ ކުރިއަށް ވުރެ ބޮޑަށް ވައިގައިހިފާފަ އެވެ.

ޕީސްމޭކާ

މިދިޔަ އަހަރު ގެނެސްދިން ޑީސީގެ ސުޕަވިލަން ފިލްމު "ދަ ސުއިސައިޑް ސްކޮޑް" ގައި ޖޯން ސީނާ ކުޅުނު ޕީސްމޭކާ ލީޑަށް ލައިގެން ޖޭމްސް ގަން ޑައިރެކްޓުކުރާ މި ސީރީޒަށް ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އެ ފިލްމުގެ ސްޕިން އޮފްއެއްގެ ގޮތުގައި ގެނެސްދޭ މި ސީރީޒްގެ ވެސް ނިކުންނަނީ ހަފުތާ އަކު އެޕިސޯޑެކެވެ. އެއީ އެޗްބީއޯ މެކްސް އިންނެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ ޝޯތަކެއް ބޭނުން ނަމަ، މިހާރު އެންމެ ސަޅި ވަނީ "އޯޒާކް" ގެ ސީޒަން ހަތަރެއް، "އާކައިވް 81"، "ސްޓޭ ކްލޯޒް" އަދި "އޯލް އޮފް އަސް އާ ޑެޑް" އެވެ. ޝޯޓައިމްގެ ސީރީޒް "ޔެލޯޖެކްޓްސް" އާއި އެޗްބީއޯ މެކްސްގެ "ސްޓޭޝަން އިލެވެން" އަދި އެމެޒަން ޕްރައިމް ވިޑިއޯގެ "ހައުސް" ވެސް ރަނގަޅު އިހުތިޔާރަކަށް ވާނެ އެވެ.