Roadha Mihaaru
"ފްރެންޑްސް: ދަ ރިޔުނިއަން" ޒީ ކެފޭ އަށް

"ފްރެންޑްސް: ދަ ރިޔުނިއަން" އަންނަ މަހުގެ 1 ގައި ޒީ ކެފޭ އަށް

23 ޖުލައި 2021

މިދިޔަ މެއި މަހުގެ ފަހުކޮޅު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރި އެމެރިކާގެ ކުރީގެ މަގުބޫލު ސިޓްކޮމް "ފްރެންޑްސް" ގެ ރީޔުނިއަން އެޕިސޯޑް ފުރަތަމަ ފަހަރަށް ޓީވީ ޗެނެލަކުން ގެނެސްދޭން ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މެއި މަހުގެ ފަހުކޮޅު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރި އެމެރިކާގެ ކުރީގެ މަގުބޫލު ސިޓްކޮމް "ފްރެންޑްސް" ގެ ރީޔުނިއަން އެޕިސޯޑް ފުރަތަމަ ފަހަރަށް ޓީވީ ޗެނެލަކުން ގެނެސްދޭން ހަމަޖެހިއްޖެ އެވެ.

މެއި މަހުގެ 27 ގައި އެޗްބީއޯ މެކްސް އާއި އިންޑިއާގެ ޒީ5 އިން ޕްރީމިއާކުރި "ފްރެންޑްސް: ދަ ރީޔުނިއަން" އެޕިސޯޑް ގެނެސްދޭން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައި ފާހަގަކުރާ މި އަހަރުގެ އިންޓަނޭޝަނަލް ފްރެންޑްސް ޑޭއާ ގުޅިގެން އަންނަ މަހުގެ 1 ގައި ޒީ ކެފޭ އިންނެވެ. އެހެންވެ މިއީ ކުރިން އެ އެޕިސޯޑް ބަލައިނުލެވުނު މީހުންނަށާއި އަލުން ބަލަން ބޭނުންވާ މީހުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ޒީ ކެފޭ އިން "ފްރެންޑްސް: ދަ ރީޔުނިއަން" ގެނެސްދިނުމަކީ ރާއްޖޭގެ މީޑިއާނެޓްގެ ކަސްޓަމަރުންނަށް ވެސް ޓީވީން އެ އެޕިސޯޑް ބަލައިލަން ލިބޭނެ ފުރުސަތަކެވެ. އަންނަ މަހުގެ 1 ގެ ތިން ގަޑިއެއްގައި އެޕިސޯޑް ދައްކާނެ އެވެ. އެއީ ރާއްޖެ ގަޑިން މެންދުރު 11:30 އާއި ހަވީރު 4:30 ގެ އިތުރުން ރޭގަނޑު 8:30 ގަ އެވެ.

"ފްރެންޑްސް: ދަ ރީޔުނިއަން" އެޕިސޯޑަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސިޓްކޮމްގެ މައިގަނޑު ކާސްޓުންނާ އެކު ގިނަ އަހަރުތަކެއް ފަހުން ގެނެސްދިން އެއްޗެކެވެ.

ކާސްޓްގައި ޖެނިފާ އެނިސްޓަން، ލީޒާ ކުޑްރޯ، ކޯޓްނީ ކޮޒް، މެޓް ލީ ބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ ހިމަނައިގެން "ފްރެންޑްސް" ގެނެސްދިނީ 1994-2004 އަށެވެ. އާ އެޕިސޯޑްގައި އެ ތަރިންނާ އެކު ގެސްޓް ފަންނާނުންގެ ގޮތުގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފްޒާއީ ފަދަ މަޝްހޫރު މީސްމީހުން ބައިވެރިވެފައިވެ އެވެ.