Roadha Mihaaru
ވައިޓް ލޮޓަސްގެ ރޯލެއް ކުޅެން ޖެނިފާ ބޭނުންވޭ

ވައިޓް ލޮޓަސްގެ ރޯލެއް ކުޅެން ޖެނިފާ އެނިސްޓަން ބޭނުންވޭ

05 އެޕްރީލް 2023

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މައިކް ވައިޓްގެ "ދަ ވައިޓް ލޮޓަސް" ސީރީޒްގެ ރޯލެއް ކުޅެން ބޭނުންވާ ކަމަށް އެމެރިކާގެ އެކްޓްރެސް ޖެނިފާ އެނިސްޓަން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މައިކް ވައިޓްގެ "ދަ ވައިޓް ލޮޓަސް" ސީރީޒްގެ ރޯލެއް ކުޅެން ބޭނުންވާ ކަމަށް އެމެރިކާގެ އެކްޓްރެސް ޖެނިފާ އެނިސްޓަން ބުނެފި އެވެ.

"އީ" ނޫހަށް ދިން އިންޓަވިއެއްގައި، "ދަ ވައިޓް ލޮޓަސް"ގެ ތިން ވަނަ ސީޒަންގައި ޖެނިފާ ކޫލިޖްގެ ކޮއްކޮއެއްގެ ރޯލަށް އެނިސްޓަން ވަރަށް ކަމުދާނެ ކަމަށް އިންޓަވިއު ކުރި މީހާ ބުނުމުން، އެނިސްޓަން ވަނީ އުފަލުން ފޮޅިފަ އެވެ.

"މި ކިޔާ އެއްޗެއް އެބަ އަޑު އިވޭތަ، މައިކް ވައިޓް؟" އެކަމަށް އެއްބަސްވެ އެނިސްޓަން ބުންޏެވެ.

"ފްރެންޑްސް" ސިޓްކޮމް އިން ވިދާލި އެނިސްޓަންއަށް އެ ސީރީޒް ކަމުދޭތޯ އެހުމުން އޭނާ ބުނީ، އޭނާ ހުންނަނީ "ދަ ވައިޓް ލޮޓަސް" އާ ހެދި މޮޔަވެފައި ކަމަށެވެ.

އެ ސީރީޒް އުފެއްދި މައިކް ވައިޓްއާއެކު އެނިސްޓަން ވަނީ މީގެ 20 ވަރަކަށް އަހަރު ކުރިން ނިކުތް "ދަ ގުޑް ގާލް" ފިލްމުގައި ކޯ-ސްޓާރުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ވައިޓްއާއެކު އަލުން އާ ޕްރޮޖެކްޓާ މަސައްކަތް ކުރަން އެނިސްޓަން ހުރީ ތައްޔާރަށެވެ.

ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ "ވައިޓް ލޮޓަސް" އިން ފުރުސަތު ބޭނުންވަނީ އެނިސްޓަން އެކަންޏެއް ނޫނެވެ. މީގެ ކުރިން، ޖޭމްސް މާސްޑެން އާއި "އެބޮޓް އެލަމެންޓްރީ"ގެ ތަރި ޝެރީލް ލީ ރަލްފް ފަދަ އެކްޓަރުން، އެ ސީރީޒްގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.