ޓެކްނިކަލް ދާއިރާތަކަށް މުވައްޒަފުން ނުލިބޭ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
06 މާޗް 2020
ޓެކްނިކަލް ދާއިރާތަކަށް މުވައްޒަފުން ނުލިބޭ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު އެމްޓީސީސީން ވަނީ ދިވެހިންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ވެސް ބައެއް ދާއިރާތަކުން ޓެކްނިކަލް މީހުން ކުރިމަތިލާފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެކި ރަށްތަކުގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް ޓެކްނިކަލް މުވައްޒަފުން ބޭނުންވާއިރު އިއުލާން ކުރުމުން ވެސް މީހުން ނުލިބޭ ކަމަށެވެ. އެމްޓީސީސީގައި ޓެކްނިކަލް މުވައްޒަފުން މަދުވުމުގެ ސަބަބުން އެ ކުންފުނިން ވަނީ ހާއްސަކޮށް އެކި ދާއިރާތަކުން އެ ވަޒީފާ އަށް ޒުވާނުން ތަމްރީންކުރަން ވެސް ނިންމައިފަ އެވެ.
"އަޅުގަނޑުމެން އޭރު ވެސް ބުނިން ޓެކްނިކަލް ދާއިރާތަކަށް އިންޓްރެސްޓް ހުރި ކުދިން އެމްޓީސީސީ އަށް ސިޓީ ހުށަހަޅާށޭ. އޭރުން އަޅުގަނޑުމެން އެ ކުދިން ނަގައިގެން އެ ކުދިންނަށް ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭނަން. މިއީ ވަރަށް ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއް،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގައިކްރޭން އޮޕްރޭޓް ކުރުމަށާއި ޑްރައިވަރުންނަށާއި ހެވީ އިކުއިޕްމަންޓުތައް ގެންގުޅެން މުވައްޒަފުން ބޭނުންވެ އެވެ.
އާޒިމް ވަނީ މިދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުން އެމްޓީސީސީން ހުޅުވާލައިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފަ އެވެ. އަދި މަސް ދުވަހުގެ ތެރޭގައި އިތުރު 150 ވަޒީފާ އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އެކި ރަށްތަކުގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. މީގެ ތެރޭގައި މަގު ހެދުމާއި ބަނދަރު ހެދުމާއި އެއާޕޯޓުތައް ތަރައްގީކުރުން ހިމެނެ އެވެ.
އެމްޓީސީސީގައި ތަމްރީންވުމަށް ހާއްސަ ފުރުސަތުތަކެއް
ހެވީ ވެހިކަލް ދުއްވަން ދިވެހިން ތަމްރީިން ކުރަނީ
އެމްޓީސީސީން 200 އަށް ވުރެ ގިނަ ވަޒީފާ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އާޒިމްގެ ތިން އަހަރު: އެމްޓީސީސީ ހަ ގުނަ ފުޅާވެއްޖެ