15 ފެބުރުއަރީ 2022
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސޯލިހްގެ މައްޗަށް ދައުވާކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން އެވެ. އެއީ އޭގެ ތެރެއިން ބައެއް ރަށްތަކާ ގުޅިގެން ތަހުގީގު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހް ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ދައުލަތާއި ސޯލިހްގެ ފަރާތުން ހުށަހެޅި ދިފާއި ހެކިންގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނަގައި، ނިންމާލައިފަ އެވެ. އެ މައްސަލާގައި ދެ ފަރާތުން ވެސް ހެކިންގެ ގޮތުގައި ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓްގެ ދެ މުވައްޒަފެކެވެ.
އެ ދެ މުވައްޒަފުން ބުނީ އެމްއެމްޕީއާރުސީއާ ގުޅޭ ރަށްތަކުގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ހިންގަމުންދާތީ ކަމަށް ބުނެ އެ ރަށްތަކުގެ ހެޑް ލީސް ނުވަތަ ސަބް ލީސް ބަދަލުނުކުރަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނެރުއްވި މެމޯއަކުން އެންގެވިޔަސް، ފަހުން އެ އެންގުން ބާތިލްކުރި ކަމަށެވެ. އެކަމަކު ލީސް ބަދަލުކުރަން ހުށަހެޅިޔަސް، އެކަން ކުރެވޭނީ ގަވާއިދުތަކުގައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށާއި އަދި ސޯލިހް ފޮނުވި ސިޓީތަކުގައި ލީސް ބަދަލު ކުރުމާ ގުޅޭ ކަމެއް ނެތް ކަމަށް އެ ދެ މުވައްޒަފުން ބުންޏެވެ.
އޭގެ ތެރެއިން އެއް މުވައްޒަފަކު ބުނި ގޮތުގައި ރަށްތަކާ ގުޅިގެން ތަހުގީގެއް ހިންގާ ކަން އެންމެ ފުރަތަމަ އަންގާނީ މިނިސްޓަރަކަށް ނުވަތަ މިނިސްޓްރީގެ އެންމެ އިސްވެރިން ތިއްބަވާ ކޮމެޓީއަކަށެވެ. އަނެއް މުވައްޒަފު ބުނިގޮތުގައި ތަހުގީގެއް ހިނގަމުންދާ ކަމަށް ބުނެ އާންމު އުސޫލުން އެ މިނިސްޓްރީއަށް ސިޓީ ނުލިބޭނެ ކަމަށެވެ. އެކަމަކު ލީސް ބަދަލުކުރުން ފަދަ ކޮންމެ މުއާމަލާތެއް ހިންގަނީ މިނިސްޓަރު ނުވަތަ ވެރިންގެ ހުއްދަ ލިބިގެން ކަމަށް އެ ދެ މުވައްޒަފު ވެސް ބުންޏެވެ.
މީގެ އިތުރުން ރަށްތަކާ ގުޅޭގޮތުން ތަހުގީގުތައް ހިންގުމަކީ ޓޫރިޒަމް މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށް ވެސް އެ ދެ މުވައްޒަފުން ބުންޏެވެ.
ދެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި، ނިމިފައިވާތީ އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލާގައި ދެން އޮންނާނީ ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އަދި އެ އަޑުއެހުމަށްފަހު ދެން އޮންނާނީ މައްސަލާގެ އެންމެ ފަހު އަޑުއެހުން ކަމަށާއި އޭގެފަހުން ހުކުމް އިއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
މައްސަލާގެ ހުކުމް އިއްވާނެ ދުވަސް އެނގޭނެހެން ތާވަލެއް ދޭން ސޯލިހްގެ ވަކީލުން އެދިވަޑައިގަތުމުން ގާޒީ ވިދާޅުވީ ކޯޓުގައި ގިނަ މައްސަލަތަކެއް ތާވަލް ކޮށްފައި ހުރުމުން އެ މައްސަލަ ނިންމޭނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި ކަމަށެވެ. އެކަމަކު ލަސްތަކެއް ނުވެ، އަޑުއެހުންތައް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތެއްނުވި
ސްޓޭޓް މިނިސްޓަރު ސޯލިހު އަލުން ވަޒީފާ އަށް
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނިންމަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޔާމީންގެ ޝަރީއަތް މިފަހަރު ވެސް ލައިވްކުރަން ނިންމައިފި
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު