ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފި އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފި އެވެ.
އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު ނިހާދު ރޭގެ ޖަލްސާގައި ވަނީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކަތަކެއް ނިހާދު ދެއްކެވި މައްސަލާގައި މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މިއަދު ބަޔާނެއް ނެރެފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން، ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް އެމްޑީޕީން ގޮވައިލި އެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ.
ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި
ނާޒިމް ހެރިޓޭޖަށް، މުންއިމް ހަޔާ އެޑިއުކޭޝަނަށް!
ސަސްޕެންޑްކުރި ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް
އިބޫއާ އެކު އުޅުނު ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި
ސްޓޭޓް މިނިސްޓަރު ސޯލިހު އަލުން ވަޒީފާ އަށް
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތެއްނުވި
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާ ނިމުމަކާ ގާތަށް
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނިންމަނީ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމް މިނިސްޓަރު ތޯރިގަށް މަޖިލީހުން ރުހުން ދީފި