Roadha Mihaaru

ނާޒިމް ހެރިޓޭޖަށް، މުންއިމް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

ނާޒިމް ހެރިޓޭޖަށް، މުންއިމް ހަޔާ އެޑިއުކޭޝަނަށް!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

31 ޖެނުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، މަގާމު ބަދަލުކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދާއި މުންއިމް އަނީސް އެވެ.

މިގޮތުން ނާޒިމް، ދިވެހި ބަހާއި ހެރިޓޭޖާ ބެހޭ މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރިއިރު، މުންއިމް ބަދަލުކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

އެކަމަކު، އެ ދެ ބޭފުޅުން އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރި ސަބަބެއް ނޭނގެ އެވެ. މިނިސްޓްރީ ދެ ބޭފުޅުންނަކީ ވެސް މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރެއްވި އިބްރާހިމް ފައިސަލްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު މީގެ ކުރިން ވެސް މުންއިމް މަގާމުން ވަކިކޮށްފައިވެ އެވެ. މި ސަރުކާރުން އެ ފިޔަވަޅު އެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕެއިންގައި އުޅުއްވިކަން އެނގުމުންނެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ މަގާމު އިއާދަކޮށްފަ އެވެ.