Roadha Mihaaru
މަރުގެ ތުހުމަތުވާ ޝެފްގެ ބަންދަށް އިތުރު 15 ދުވަސް

މަރުގެ މައްސަލާގައި ހައްޔަރުކުރި ޝެފްގެ ބަންދަށް އިތުރު 15 ދުވަސް

02 މެއި 2022

މިދިޔަ ރޯދަ މަހު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޕާކިސްތާނު މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ރޯދަ މަހު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޕާކިސްތާނު މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މިދިޔަ މަހު ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގައި ހިންގި މާރާމާރީއެއްގައި، އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރުކުރީ އެތަނުގެ ޝެފެއް ކަމަށްވާ ޕާކިސްތާނުގެ މުހައްމަދު އާބިދެވެ. އޭނާގެ ބަންދަށް ހުޅުމާލޭ ކޯޓުން ކުރިން 15 ދުވަސް އިތުރުކޮށްދިނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން 15 ދުވަސް އިތުރުކޮށްދިނީ ކުރިން އިތުރުކުރި މުއްދަތު ހަމަވާތީ އެވެ.

އާބިދުގެ ބޮލަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ނުލިބޭ ކަމަށް އޭނާ ކޯޓުގައި ބުނެފައިވާތީ އެކަން ބެލުމަށް ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.

އާބިދު ހައްޔަރުކުރީ އެ މާރާމާރީއަށް ފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗް ސަރަހައްދުންނެވެ.