Roadha Mihaaru

ޕާކިސްތާނު މީހަކު ވަޓްސްއެޕް ގްރޫޕަކުން ބޭރުކޮށްލުމުން އެޑްމިން މަރާލައިފި

ޕާކިސްތާނުގައި ކޮމިއުނިޓީ ވަޓްސްއެޕް ގްރޫޕަކުން މީހަކު ބޭރުކޮށްލުމުން އެ މީހާ އެ ގްރޫޕްގެ އެޑްމިން ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ވަޓްސްއެޕް ގްރޫޕަކުން ބޭރުކޮށްލުމުން އެޑްމިން މަރާލައިފި

ޕާކިސްތާނުގައި ކޮމިއުނިޓީ ވަޓްސްއެޕް ގްރޫޕަކުން މީހަކު ބޭރުކޮށްލުމުން އެ މީހާ އެ ގްރޫޕްގެ އެޑްމިން ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ޕާކިސްތާނު ފުލުހުން މިއަދު ބުނި ގޮތުގައި މުޝްތާގް އަހްމަދު ކިޔާ މީހަކު މަރާލުމުގެ އަމަލު ހިންގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީ އޮންނަ ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަހްތޫންހުވާގެ ވެރިރަށް ޕިޝާވަރުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއީ ދީނީ ހަމަނުޖެހުންތައް ބޮޑު ސަރަހައްދެކެވެ.

ފުލުހުން އޭއެފްޕީއާ ހިއްސާކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އަޝްފާގު ކިޔާ މީހެކެވެ.

އޭއެފްޕީއަށް ފެނުނު ލިޔެކިޔުންތަކުގެ ތެރެއިން މުޝްތާގުގެ ކޮއްކޮ ދީފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވަޓްސްއެޕް ގުރޫޕުން އަޝްފާގް ބޭރުކޮށްލީ މުޝްތާގާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހު ކަމަށެވެ.

އޭނާ ބުނީ މި ދެބަސްވުމަށްފަހު ދެ މީހުން ބައްދަލުކޮށް ސުލްހަވާން ނިންމި ކަމަށެވެ. ނަމަވެސް އަޝްފާގު އައީ ފިސްތޯލައެއް ހިފައިގެން ކަމަށާއި އެއިން ހަމަލާދީ މުޝްތާގު މަރާލީ ކަމަށް ބުންޏެވެ.

"އަޝްފާގު ހުރީ ވަޓްސްއެޕް ގްރޫޕުން ނެރެލުމުން އެކަމާ ރުޅިއައިސްފައި،" ބަޔާނުގައިވެ އެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ ގަބީލާތަކުގެ ނުފޫޒާ ހެދި އެ މީހުންގެ އާދަކާދައާ އެއްގޮތަށް ހަތިޔާރު ގެންގުޅޭ އަދި ގާނޫނު ތަންފީޒު ނުކުރެވޭތީ މިފަދަ ހާދިސާތައް ގިނަ ސަރަހައްދެކެވެ. -- އޭއެފްޕީ