Roadha Mihaaru

އިޓަލީގެ މީޑިއާތަކަށް އިންޓަވިއު ނުދޭން ޓޮޓެންހަމްއިން ކޮންޓޭ އަށް އަންގައިފި

ލަންޑަން (ފެބްރުއަރީ 20) - އިޓަލީގެ މީޑިއާތަކަށް އިންޓަވިއު ނުދޭން، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އަށް އެ ކްލަބުން އަންގައިފި އެވެ.

އިޓަލީ މީޑިއާއަށް އިންޓަވިއުނުދޭން ކޮންޓޭއަށް އަންގައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 ފެބުރުއަރީ 2022

ލަންޑަން (ފެބްރުއަރީ 20) - އިޓަލީގެ މީޑިއާތަކަށް އިންޓަވިއު ނުދޭން، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އަށް އެ ކްލަބުން އަންގައިފި އެވެ.

ޓޮޓެންހަމްގެ އޮފިޝަލުން ކޮންޓޭ އަށް އެގޮތަށް އެންގީ މިފަހުން އޭނާ އިޓަލީގެ މީޑިއާތަކަށް ދިން އިންޓަވިއުގައި ޓީމު ބަލިކަށިވެފައިވާ ކަމަށް ކޮންޓޭއާ ހަވާލާދީ އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

ކޮންޓޭ ބުނީ ޓޮޓެންހަމްގެ އޮފިޝަލުން އޭނާ ގާތު އެގޮތަށް އެދުނީ އިންޓަވިއު ތަރުޖަމާ ކުރުމުގެ މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ހަތަރު ކުޅުންތެރިޔަކު ލޯން އުސޫލުން އެހެން ކްލަބްތަކަށް ދޫކޮށްލައިފަ އެވެ. ކޮންޓޭ ބުނީ އިންޓަވިއުގައި އޭނާ ބުނީ އެ ކުޅުންތެރިންނަކީ މުހިންމު ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެ ކުޅުންތެރިން ޓީމުގައި ނެތުމަކީ އަދަދުގެ ގޮތުން ޓީމު ނިކަމެތިވާނެ ކަމެއް ކަމަށް ބުނެފައިވާނެ ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

"އަހަރެމެން ހަތަރު ކުޅުންތެރިން ދޫކޮށްލީ، އަހަރެން ބުނީ ޓޮޓެންހަމްއަށް މުހިންމު ކުޅުންތެރިންތަކެކޭ. މި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ބޮޑު ހޭދައެއް ކުރޭ. ބޮޑު މުސާރައެއް ކުޅުންތެރިޔަކަށް ދޭނީ އެ ކުޅުންތރިޔަކީ މުހިންމުން ކުޅުންތެރިޔަކަށްވާތީ،" އިންޓަވިއުގައި ދެއްކި ވާހަކަތަކާ ހަވާލާދީ ކޮންޓޭ ބުންޏެވެ.

"އަހަރެންގެ ޓީމުގައި 20 ކުޅުންތެރިން ތިބި. އަދި މިހާރު އަހަރެންގެ އަތުގައި 18 ކުޅުންތެރިން އެބަތިބި. އަށާރަ ކުޅުންތެރިން ތިބުމަކީ އަދަދުގެ ގޮތުން ނިކަމެތިވާނެ ކަމެއް ކަމަށް އަހަރެން ބުނީ."

ކޮންޓޭ ބުނީ ޓޮޓެންހަމްގެ ބޯޑާ އޭނާއާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެ ކްލަބްގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށް ބުންޏެވެ. ރޭ އެ ކްލަބުން ވަނީ މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ.