Roadha Mihaaru
"ޕްލާސްޓިކް ފޭނުން" ކަމަށް ސިފަ ކުރުމުން ކޯޗު ރަތަށް

"ޕްލާސްޓިކް ފޭނުން" ކަމަށް ސިފަ ކުރުމުން ޓޮޓްނަމްގެ ކޯޗު ރަތަށް

17 މާޗް 2024

ލަންޑަން (މާޗް 17) - ގައުމުން ބޭރުން މެޗު ބަލަން އަންނަ ސަޕޯޓަރުންނަކީ "ޕްލާސްޓިކް ފޭނުން" ކަމަށް މީޑިއާއިން ސިފަ ކުރުމުން، ޓޮޓްނަމް ހޮޓްސްޕާސްގެ ކޯޗު އަންޖް ޕޮސްޓެކޯގުލޫ ރައްދު ދީފި އެވެ.

ލަންޑަން (މާޗް 17) - ގައުމުން ބޭރުން މެޗު ބަލަން އަންނަ ސަޕޯޓަރުންނަކީ "ޕްލާސްޓިކް ފޭނުން" ކަމަށް މީޑިއާއިން ސިފަ ކުރުމުން، ޓޮޓްނަމް ހޮޓްސްޕާސްގެ ކޯޗު އަންޖް ޕޮސްޓެކޯގުލޫ ރައްދު ދީފި އެވެ.

އަންނަ ސީޒަނުން ފެށިގެން، ޓޮޓްނަމްގެ ލޯކަލް ސަޕޯޓަރުންގެ ސީޒަން ޓިކެޓްގެ އަގު ހަ ޕަސަންޓަށް ބޮޑު ކުރަން އެ ކްލަބުން ނިންމުމުން، ބައެއް ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށައިފަ އެވެ. ހައްލެއް ހޯދައި ދިނުމަށް އެދި ސަޕޯޓަރުންގެ ފަރާތުން ޕްރިމިއާ ލީގުގެ ސީއީއޯ ރިޗަޑް މާސްޓާސް އަށް ސިޓީއެއް ވެސް ފޮނުވި އެވެ.

އެކަމަކު ގައުމުން ބޭރުން އަންނަ ސަޕޯޓަރުންގެ ޓިކެޓް އަގު ބޮޑު ނުކުރުމަށް އެ ކްލަބުން ވަނީ ނިންމައިފަ އެވެ. އެއީ މައްސަލައެއް ކަމަށް ހަދައި، ނޫސްވެރިޔަކު އެ ސުވާލު ކުރަމުން ބުނީ ޕްލާސްޓިކް ފޭނުން ކަމަށެވެ. ނޫސްވެރިޔާ ބުނީ އެ ކަމަކީ ކޮންމެ ހަފުތާއަކު ފަތުރުވެރިން ދަނޑަށް ވެއްދުން ކަލަހަލަ ކަމެއް ކަމަށެވެ.

އެކަމާ ހިތްހަމަ ނުޖެހި ޕޮސްޓެކޯގުލޫ ބުނީ އެ ސިފަ ކުރުން ވަރަށް ހަރުކަށި ކަމަށެވެ. އޮސްޓްރޭލިއާ އަށް ނިސްބަތްވާ ކޯޗު ބުނީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ޕްރިމިއާ ލީގު މެޗެއް ބަލާލަން ދަނޑަށް ވަދެވުމަކީ އެ މީހުންނަށް ދުނިޔެ ލިބުން ކަހަލަ ކަމެއް ކަމަށެވެ.

"ޕްރިމިއާ ލީގުގެ މެޗެއް ބަލަން އެކްސެސް ލިބުނު ނަމަ އެއީ އަހަންނަށް ދުނިޔެ. މީހުންނަށް ހަމައެކަނި އެމީހުން ދިރިއުޅެނީ ދުނިޔޭގެ އަނެއް ފަޅީގައި ކަމަށް ވާތީ." ދުނިޔެ. 'ޕްލާސްޓިކް' ނުވަތަ 'ޓޫރިސްޓުން' ގެ ލޭބަލް ކުރުމަކީ އެއީ މާ އިންސާފުވެރި ކަމެއް ކަމަކަށް އަހަރެން ނުދެކެން،" ޕޮސްޓެކޯގުލޫ ބުންޏެވެ.

"މި ކްލަބުގެ ސަޕޯޓަރުން މުޅި ދުނިޔޭގައި އެބަތި. މެޗުތަކަކަށް އެމީހުންނަށް އަބަދު ނުވަދެވޭ. އަދި އަހަރެންނަށް ހީވަނީ އެމީހުންނަށް ކަންކަން ފަހިކުރުމުގެ ގާބިލްކަން އަބަދުވެސް އޮންނަން ޖެހޭނެހެން. ފުޓްބޯޅަ އަށް އެމީހުންގެ ޝައުގުވެރިކަން ކުޑައެއް ނުވާނެ. އަހަރެންނަށް ހީވަނީ އެ މީހުންނަށް ޕްލާސްޓިކް ފޭނުންނޭ ބުނުން އެއީ އިހުތިރާމް ކުޑަ ކަމެއްހެން. ދުނިޔޭގެ ދެބައިކުޅައެއްބައި ކަޑަތުކޮށް ހަރަދުކޮށްފައި އަންނަ ސަޕޯޓަރުންނަކީ ފުޓްބޯޅަ އަށް ވަރަށް ޝައުގުވެރިކަން ހުންނަ ބައެއް."

ޓޮޓްނަމް ސަޕޯޓަރުންގެ ތެރެއިން އިނގިރޭސިވިލާތުން ބޭރުގައި 180 މިލިއަން މީހުން ތިބޭނެ ކަމަށް ބުނެ އެވެ.