އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ އަމިއްލަ ޖެޓްތަކާއި އެއާލައިންތަކުގެ ފްލައިޓްތައް އިތުރުވެ، މިއަދަކީ އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަރަށް ބާރު ބޮޑު ދުވަހެއް ކަމަށް، އެމްއޭސީއެލުން ބުނެފި އެވެ.
29 ޑިސެމްބަރ 2019
އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ އަމިއްލަ ޖެޓްތަކާއި އެއާލައިންތަކުގެ ފްލައިޓްތައް އިތުރުވެ، މިއަދަކީ އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަރަށް ބާރު ބޮޑު ދުވަހެއް ކަމަށް، އެމްއޭސީއެލުން ބުނެފި އެވެ.
އެއް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ޖެއްސި/ފުރި ފްލައިޓްތަކުގެ ހަރަކާތްތަކަށް ބަލާއިރު މި ފަހުން ތިން ދުވަހަކު ވަނީ ކުރީގެ ރެކޯޑްތައް މުގުރާލައިފަ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އާ ރެކޯޑެއް މިއަދު ހެދޭނެ ކަމަށް އުންމީދުކުރެވޭ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ކޮންމެ އާދިއްތަދުވަހަކު އެއާޕޯޓަށް ބާރު ބޮޑެވެ.
މި މަހުގެ 22 ވަނަ ދުވަހު، (މިދިއަ ހަފުތާގެ އާދިއްތަދުވަހު) ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަށް އެރި އެވެ. އެއީ މިހާތަނަށް ރެކޯޑެކެވެ.
އާ އަހަރާ ދިމާކޮށް އަންނަ ޓޫރިސްޓުންގެ އަދަދު ކުއްލިއަކަށް އިތުރު މިވީ ކްރިސްމަސްއަށް އައި ޓޫރިސްޓުންގެ ނިސްބަތް ތަންކޮޅެއް މަދުވެފައި އޮއްވަ އެވެ.
ރިސޯޓެއްގެ އިސް ވެރިޔަކު ވިދާޅުވީ "މިވަގުތު ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕަންސީ އެދަނީ ވަރަށް ރަނގަޅު މިސްރާބަކަށް" ކަމަށެވެ.
"ހީވަނީ ވަރަށް ގިނަ ރިސޯޓްތައް އާ އަހަރަށް ފުރޭނެހެން،" އޭނާ ވިދާޅުވި އެވެ.
"ކްރިސްމަސް ދިޔައީ ހީކުރިވަރު ނުވެ. އެކަމަކު މިހާރު ވަރަށް ބޮޑުތަން އިތުރުވެއްޖެ."
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
ވެލާނާ އެއާޕޯޓްގައި އިއްޔެ އަކީ އެންމެ ބިޒީ ދުވަސް
ރާއްޖެއަށް މިދިޔައަހަރު 1.4މިލިއަން މީހުން ދަތުރުކުރި
ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި
އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ
ސީޕްލޭން ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ: ފައްޔާޒު
ކަރަންޓް ކެނޑުނީ 10 މިނެޓަށް: އެމްއޭސީއެލް
މިއަހަރު ތިން ވަނަ ފަހަރަށް އެއާޕޯޓު ރެކޯޑު މުގުރާލައިފި
ވީއައިއޭގެ އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިމިއްޖެ
އެއާޕޯޓް އޮތީ އެލާޓްގައެއް ނޫން: އެމްއޭސީއެލް