Roadha Mihaaru
ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ

ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ

22 ފެބުރުއަރީ 2022

އާންމުކޮށް އަހަރެމެން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުން ކުރަނީ ކޮންމެ ވެސް ކަހަލަ ސްކިން ކެއާ ޕްރޮޑަކްޓެކެވެ. އޭގެ ބައެއް ޕްރޮޑަކްޓްތަކުން ހަމުގެ މައްސަލަތައް ހައްލު ވެސް ލިބެ އެވެ. އަދި އެކި މީހުންނަށް ރަނގަޅު ވަނީ ވެސް، އެކި ބްރޭންޑުތަކުގެ އުފެއްދުންތަކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އާންމުކޮށް އަހަރެމެން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުން ކުރަނީ ކޮންމެ ވެސް ކަހަލަ ސްކިން ކެއާ ޕްރޮޑަކްޓެކެވެ. އޭގެ ބައެއް ޕްރޮޑަކްޓްތަކުން ހަމުގެ މައްސަލަތައް ހައްލު ވެސް ލިބެ އެވެ. އަދި އެކި މީހުންނަށް ރަނގަޅު ވަނީ ވެސް، އެކި ބްރޭންޑުތަކުގެ އުފެއްދުންތަކެވެ.

ހަމަށް އާންމުކޮށް ދިމާވާ ޑްރައިވުމުގެ މައްސަލަ ބައެއް ފަހަރަށް ދިމާވަނީ ނޭވާލެވޭ ގޮތަކުން ކަމަށް ބައެއް ސިއްހީ މާހިރުން ލަފާކުރެ އެވެ.

ނޭވާލުމުގެ ސަބަބުން ހަންގަނޑަށް ކުރާ އަސަރު

އިމިއުނިޓީ، ނިދި އަދި ހަމުގެ ކަންކަމުގައި ވެސް ނޭވާލެވޭ ގޮތަކުން އެކި ކަހަލަ އަސަރުތައް ކުރެ އެވެ. ނޭފަތް މަސައްކަތް ކުރަނީ ފިލްޓަރެއްގެ ގޮތުގަ އެވެ. ނޭފަތުގައި ހުންނަ ހެއާ ފޮލިކަލްތަކުން ކޮންމެ އިންސިއުލިންއަކުން ވައި ސާފުވެ، ނޭފަތުގެ ތެރެއަށް ވަންނަ ބެކްޓީރިއާ ވަނުމަށް ހުރަސް އަޅަ އެވެ. ނަމަވެސް ވައި އެތެރެކޮށް ބޭރުކޮށް ހަދާ އަހަރެމެންގެ އަނގަޔަކު މި ނިޒާމެއް ނީނދެ އެވެ.

މާ ގިނައިން އަނގައިން ނޭވާލާ ނަމަ، މާ ބޮޑަށް މީހާ ޑީހައިޑްރޭޓްވުން ގާތެވެ. އަނގައިން ނޭވާލުމުން އެއްވެސް ފިލްޓަރެއް ނެތި ފުއްޕާމެއިން ދައުރުވާ ވައިން މީހާގެ ހަށިގަނޑުން 42 ޕަސެންޓްގެ ފެން މަދުކޮށްލާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ނިދާއިރު އަނގަ، ތަންމިނަށް ހުޅުވައިގެން ނިދާ މީހުން ހިމެނެ އެވެ.

ރީތި ހަންގަނޑަކަށް ނޭވާ އެހާ މުހިއްމު؟

ނޭފަތުން ނޭވާލުމުން ހަށިގަނޑުގައި އިތުރު އޮކްސިޖަން ހިފެހެއްޓި، ހަންގަނޑުގެ ތެތްކަން އިތުރުވެ، އޭގެން ހަމަށް ފައިދާވެ އެވެ. އަދި މޮއިސްޗުރައިޒެއް ބޭނުން ކުރުމުން، ނޭފަތުން ލާ ނޭވާ ފުންޕާމެއާ ހިސާބަށް ފޯރާއިރު ހުންނަނީ، އެ އޮކްސިޖަންތައް އިތުރަށް އެބްސޯބް ކުރުމަށް ފަސޭހަވެފަ އެވެ.

ހަންގަނޑުގެ ސެލްތަކުގައި އޮކްސިޖަން ހުންނަ މިންވަރު އިތުރުވުމުން ހަންގަނޑުގެ އަލިކަން ވެސް އިތުރަށް ކޮށްދެ އެވެ. އަދި ހަންގަނޑުގެ އޮމާން ކަން ބަހައްޓަން މޮއިސްޗުރައިޒާއެއް އަބަދު ވެސް ބޭނުން ކުރަން ޖެހެ އެވެ.