Roadha Mihaaru
ލޯކައިރި ކަޅުވާ ނަމަ ކުރެވިދާނެ ފަސް ކަމެއް

ލޯކައިރި ކަޅުވާ ނަމަ ކުރެވިދާނެ ފަސް ކަމެއް

23 ނޮވެމްބަރ 2022

ހާއްސަ ހަފްލާތަކަށް ކުރިއާލައި ތައްޔާރުވާ ނަމަ މޫނު ރީތިކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މި ކިޔައިދެނީ ލޯ ކައިރި ކަޅުވާ ނަމަ ނުވަތަ ލޯ ކައިރި ދުޅަވެފައި ހުންނަ ނަމަ ކުރެވިދާނެ ފަސް ކަމެކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހާއްސަ ހަފްލާތަކަށް ކުރިއާލައި ތައްޔާރުވާ ނަމަ މޫނު ރީތިކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މި ކިޔައިދެނީ ލޯ ކައިރި ކަޅުވާ ނަމަ ނުވަތަ ލޯ ކައިރި ދުޅަވެފައި ހުންނަ ނަމަ ކުރެވިދާނެ ފަސް ކަމެކެވެ.

ރަނގަޅަށް ނިދުން

ނިދި މަދުވުމުން ލޯކައިރި ހަންގަނޑު ފަނޑުވެ، ލޯ ވަށައިގެން ކަޅުވާކަން ފާހަގަކުރެވޭނެ އެވެ. ރަނގަޅަށް ނިދުމަކީ މިކަމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނިދުމުން ލޯ އުޖާލާކަންމަތީ ހުރުމުގެ އިތުރުން ލޯކައިރި ހަންގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެ އެވެ.

ނިއުޓްރިޝަން ޑައިޓް

ކެއުމުގައި ވިޓަމިން ކޭ، ސީ، އޭ އަދި އީގެ ކާނާ ކެއުން އިތުރު ކުރުމަކީ ވެސް ލޯކައިރި ކަޅުވުން ދުރުކޮށްދޭނެ ކަމެކެވެ. ކަރާ، ޓޯމާޓޯ، ބެރީ، ފެހިކަން ގަދަ ފަތް، ބްރޮކޮލީ ނުވަތަ ކިއުކަމްބާ ފަދަ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. އަދި ލޮނު މަދުކުރުން ވެސް ވަރަށް މުހިންމެވެ. އެއީ ލޮނުން ހަށިގަނޑުގައި ހުންނަ ފެން ހިފެހެއްޓޭތީ، އެކަމުގެ ސަަބަބުން ލޯ ކައިރި ބޮޑަށް ފުއްޕާނެތީ އެވެ.

ފެން މަދުވިޔަ ނުދިނުން

ލޮނު ބޭނުން ކުރާ މިންވަރު މަދުކޮށްލާށެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން ދެ ލީޓަރުގެ ފެން ބޯށެވެ. ހަށިގަނޑު ހައިޑްރޭޓެޑްކޮށް ބެހެއްޓުމުން ލޮލުގައި ރިއްސުން މަދުވާނެ އެވެ.

މޮއިސްޗަރައިޒް ކުރުން

ލޯ ކައިރި އުނގުޅާ ޖެލް އެއް ނުވަތަ ލޮލުގައި އަޅާ މާސްކަކުން ލޯ ވަށައިގެން މޮއިސްޗަރައިޒް ކުރަން ވާނެ އެވެ. ލޮލުގެ ތިރީގައި އުނގުޅާ ޖެލް ހޯދާއިރު، ބޮޑަށް ބަލަން ވާނީ ޑާކް ސާކްލްސް މަދު ކޮށްދޭ އުފެއްދުމަކަށެވެ.

ސަންސްކްރީން

އަވިން ލޮލުގެ ހަންގަނޑު މޯޅިވުމުގެ ސަބަބުން ލޯ ކައިރި ވަށައިގެން ކަޅުވެ، ލޯ ދުޅަވާން މެދުވެރިވެ އެވެ. މިކަމުން ރައްކާތެރިވުމުގެ ގޮތުން ލޯކައިރީގައި ސަންސްކްރީން އުނގުޅުން މުހިއްމެވެ. ބޭރަށް ނުކުންނަ އިރު، ސަންސްކްރީންގެ އިތުރުން ލޯ ނިވާވާނެ، ލޯ ރައްކާތެރިކޮށްދޭނެ އައިނެއް އެޅުމުން އިތުރަށް ރައްކާތެރިވާނެ އެވެ.