Roadha Mihaaru
އަތުޖެހުނީ ފިލައިގެން އުޅޭތާ 12 އަހަރު ފަހުން

ފިލައިގެން އުޅޭތާ 12 އަހަރު ފަހުން އަތުލައިގެންފި

22 ފެބުރުއަރީ 2022

އޮސްޓްރޭލިއާގެ ފުލުހުންނަށް ފިލައިގެން އުޅޭ، ހޯދައި ނުފެނިފައިވާ ވަރަށް ނުރައްކާތެރި މީހަކު 12 އަހަރު ފަހުން އިއްޔެ އަތުލައިގެންފި އެވެ. އެއީ އެ ގައުމުގެ "ވޯންޓެޑް" މީހުންގެ ލިސްޓުގެ ވެސް ވަރަށް ކުރީގައި ނަން އޮންނަ ފިރިހެނެކެވެ.

އުމުރުން މިހާރު 64 އަހަރުގެ ގްރަހަމް ޕޮޓާ ކިޔާ އެ މީހާ ފިލީ، އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި މީހަކު މަރާލައިގެން ކޯޓުގައި މައްސަލަ ކުރިއަށް ގެންދަނިކޮށް 2010 ގަ އެވެ.

ފުލުހުން އެ މީހާ ހޯދާއި، ހައްޔަރުކުރީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ކައިރި ހިސާބެއްގައި އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން އާންމުކުރި ފޮޓޯއެއްގައި ފެންނަނީ އެ މީހާ ބިޑިއެޅުވުމަށް ފަހު ކޮޓަރިއެއްގެ ފާރު ކައިރީގައި ބަހައްޓާފައި ހުންނަ ތަނެވެ.

ކުޑަކުއްޖަކު މަރާލައިގެން 1981 ގައި ވެސް އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އެ ހުކުމް ތަންފީޒުކުރުމަށް 15 އަހަރު ޖަލުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލި އެވެ.

އޭނާ ފިލި އިރު، މީހަކު މަރައިލުމުގެ އިތުރުން 440 މިލިއަން ޑޮލަރުގެ މެތު އާއި ކޮކޭން ގެންގުޅު މައްސަލައެއްގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާވައިވެ އެވެ.

އެ މީހާ ފެނުއިރު، އޭނާ ހޯދައިދޭ މީހަކަށް 100،000 ޑޮލަރު ދިނުމަށް ވެސް އޮސްޓްރޭލިއާގެ ފުލުހުން އޮތީ އިއުލާންކޮށްފަ އެވެ.