މީގެ 30 އަހަރު ކުރިން އޮސްޓްރޭލިއާގެ ޖަލަކުން ފިލި މީހަކު މިދިޔަ ހަފުތާގައި އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
18 ސެޕްޓެމްބަރ 2021
މީގެ 30 އަހަރު ކުރިން އޮސްޓްރޭލިއާގެ ޖަލަކުން ފިލި މީހަކު މިދިޔަ ހަފުތާގައި އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ނިއު ސައުތު ވޭލްސް ޕޮލިސް ފޯސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖުލައި 31، 1992 ގައި ޖަލު ގޮޅީގެ ދަގަނޑުތައް ޖިގްސޯއަކުން ކީހާލައިގެން ފިލީ ޑާކޯ ޑިޒިކް ކިޔާ މީހެއް ކަމަށެވެ. އޭނާ ޖަލުން ފިލި ފަހުން ހޯދަން ފުލުހުން މިހާތަނަށް އެތައް އޮޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެކަން ކާމިޔާބު ނުވީ ކަމަށް ބުނެފައިވެ އެވެ. އޭރު ޑިޒިކް ޖަލަށްލީ ކެނަބިސް އުފައްދާކަމުގެ މައްސަލައެއް ސާބިތުވެ، ތިން އަހަރާއި އަށް މަހަށެވެ. އަދި އޭނާ ޖަލުން ފިލީ ޖަލަށްލިތާ 13 މަސް ފަހުންނެވެ.
ޖަލުން ފިލި އިރު އުމުރުން 35 އަހަރު އަދި މިހާރު 64 އަހަރުގެ ޑިޒިކް މިދިޔަ އާދީއްތަ ދުވަހު ޑީ ވައި ޕޮޮލިސް ސްޓޭޝަނަށް އަމިއްލަ އަށް ހާޒިރުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް، މިހާރު ވަނީ ޖަލު ހަލާކުކޮށްލައިގެން ފިލިކަމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 28 އަށް ތާވަލުކޮށްފައިވާ އިރު، ކަފާލާތުގެ ފުރުސަތު ދިނުމުން ޑެޒިކް ވަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީޑިއާތަކުން ބުނީ ޑިޒިކް ޖަލުން ފިލީ އޭނާ ޔުގަސްލާވިއާ އަށް ޑިޕޯޓްކުރަން އުޅުމުން ކަމަށާއި ފިލައިގެން އޭނާ މިހާތަނަށް އުޅުނީ އުތުރު ސިޑްނީގެ އެކި ހިސާބުތަކުގެ އަތިރިމަތީގައި ކަމަށެވެ.
އޭނާގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށުމާ އެކު ޑިޒިކް އަށް އެހީވާން އެ ސަރައްދުގެ އާންމު ރައްޔިތަކު ވަނީ މިހާރު ގޯފަންޑްމީ ޕޭޖްގައި އޮންލައިން ފަންޑްރައިޒިން ހަރަކާތެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭންގެ ބޭނުމަކީ އަލުން އޭނާ ޖަލު ހުކަމަކުން ސަލާމަތްވެއްޖެ ނަމަ ޑިޒިކް އަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައި ދިނުމެވެ. ޖުމްލަ 30،000 ޑޮލަރަށް ޓާގެޓްކޮށްފައިވާ ފަންޑަށް މިހާތަނަށް 19،000 އަށް ގިނަ ޑޮލަރު ލިބިފައިވެ އެވެ.
އަތުޖެހުނީ ފިލައިގެން އުޅޭތާ 12 އަހަރު ފަހުން
ޖަލުގައި ޒުވާނުން އުމުރު ހޭދަކުރާކަށް ނުޖެހޭ: އިމްރާން
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
ހަމަލާދީ ފިލަން އުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދު
ޑްރަގު ވިއްކާކަމަށް ތުހުމަތުކުރާ ދެ މީހުން ދޫކޮށްލައިފި
ކުޑަކުދިންގެ ކުށަށް ވެސް އޮސްޓްރޭލިއާގައި ބޮޑު އަދަބު
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟