ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ގެނެސްފި އެވެ.
22 ފެބުރުއަރީ 2022
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ގެނެސްފި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލްގައި ބޭނުންކުރަން މިހާތަނަށް އޮތީ ދެ އެމްބިއުލާންސް އެވެ. ނަމަވެސް އޭގެ ތެރެއިން އެއް އެމްބިއުލާންސް ހަލާކުވިތާ ހައެއްކަ މަސްވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
އެކަންކަމަށް ހައްލު ހޯދައިދިނުމަށް ގެނައި އެމްބިއުލާންސް ހެލްތު މިނިސްޓްރީން ވަނީ އިއްޔެ އެ ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިތުރު އެމްބިއުލާންސް ހޯދުމަށް މި އަހަރަށް ބަޖެޓު ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ފަށާފައިވާ އިމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ގެ އެމްބިއުލާންސްގެ ނިޒާމުގެ ތެރެއިން ވެސް ހުޅުމާލެ ހޮސްޕިޓަލުން އެހީތެރިކަން ހޯދި އެވެ.
އޭނާ އޭރު ވިދާޅުވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބަލި މީހަކު ގޮވައިގެން އައިޖީއެމްއެޗަށް ގޮސް އައުމަށް އެއްގަޑިއިރު ހޭދަވާ ކަމަށެވެ. މާނައަކީ، އައިޖީއެމްއެޗަށް ދަތުރެއް ކުރާނަމަ އެއް ގަޑިއިރަށް އެމްބިއުލާންސް ހިދުމަތް ޑައުންވާ ކަމެވެ.
އޯޕީޑީގައި ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސް ހިދުމަތަށް ބާރު ބޮޑެވެ. އެއް ދުވަހު 12 އެކްސިޑެންޓު ހިނގައިގެން ވެސް އެ ތަނުން ފަރުވާދީފައި ވެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި އެންމެ އެމްބިއުލާންސެއް!
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ މީހުން އުފުލޭނެ
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ
އެމްބިއުލާންސްތަކުގެ މަރާމާތް ފެނަކަ/ސްޓެލްކޯ އަށް
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ
އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
3 ދުވަސް ތެރޭ 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން