Roadha Mihaaru
ފާޑު ކިޔުންތަކުން ލުކާކޫ ހިމާޔަތް ކުރަންޖެހޭ: ޓުޗެލް

ފާޑު ކިޔުންތަކުން ލުކާކޫ ހިމާޔަތް ކުރަންޖެހޭ: ޓުޗެލް

22 ފެބުރުއަރީ 2022

ލަންޑަން (ފެބްރުއަރީ 22) - ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އަމާޒުވާ ފާޑުކިޔުންތަކުން، އޭނާ ހިމާޔަތް ކުރަން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލަންޑަން (ފެބްރުއަރީ 22) - ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އަމާޒުވާ ފާޑުކިޔުންތަކުން، އޭނާ ހިމާޔަތް ކުރަން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ފަހު ޗެލްސީން ގެނައި ފޯވާޑަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ލުކާކޫގެ ފައިގައި ބޯޅަ ޖެހުނީ ހަތް ފަހަރު އެވެ. އެއީ ޑޭޓާ އެއްކުރަން ފެށި ފަހުން ޕްރިމިއާ ލީގުގެ މެޗެއްގެ 90 މިނިޓްތެރޭ ކުޅުންތެރިއެއްގެ ފައިގައި ބޯޅައިން ޖެހުނު އެންމެ ދަށް އަދަދެވެ.

"އަހަރެމެން އޭނާ ހިމާޔަތްކޮށްފި ނަމަ އޭނާ ވާނެ އަހަރެމެންނަށް ހައްލު ހޯދައިދޭނެ ކުޅުންތެރިޔަކަށް،" ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ލިލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ޓުޗެލް ބުންޏެވެ.

"ބައެއް ފަހަރު އެއީ ސްޓައިކަރުންނަށްވާ ގޮތެއް. ވަރުގަދަ ޑިފެންސިވް ޓީމަކާ ޖެހުނީމަ ފަހަތުން ޖާގަ ނުލިބެންޏާ އަމިއްލަ އަށް ހިތްވަރު ހޯދަން ވެސް އުނދަގޫ ވާނެ. މިއީ އަހަރެމެން ވެސް އަދި ރޮމެލޫ ވެސް ބޭނުންވި ގޮތެއް ނޫން. އެކަމަކު އަހަރެމެން އޭނާ އަށް ޖޯކް ޖަހައި މާލާމަތްކޮށްގެން ނުވާނެ."