ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ތަރައްގީ ކުރަމުން އަންނަ "ރީތިގަސް" ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރަނީ ފަހަރަކު ޓަވަރެއްގެ މަސައްކަތް ނިންމާ ގޮތަށް ކަމަށާއި އެކަން ކުރަން ފައިސާ ހޯދާނީ ތަންތަން ވިއްކައިގެން ލިބޭ ފައިސާ އިން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
23 ފެބުރުއަރީ 2022
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ތަރައްގީ ކުރަމުން އަންނަ "ރީތިގަސް" ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރަނީ ފަހަރަކު ޓަވަރެއްގެ މަސައްކަތް ނިންމާ ގޮތަށް ކަމަށާއި އެކަން ކުރަން ފައިސާ ހޯދާނީ ތަންތަން ވިއްކައިގެން ލިބޭ ފައިސާ އިން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން ޕްރޮޖެކްޓްގައި ހިމެނެނީ އެއް ކޮޓަރި، ދެ ކޮޓަރި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ 459 އެޕާޓްމަންޓެވެ. އެ ޕްރޮޖެކްޓްގެ ދަށުން 14 ބުރީގެ ތިން ޓަވަރު އަޅާނެ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ފެށިޔަސް ފައިސާގެ ދަތިކަމާ ހުރެ އެ ކުންފުނިން މަަޝްރޫއު މެދުކަނޑައިލީ އެވެ.
އެކަމަކު މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު އަހަރު ފަހުން ކުންފުނިން މަސައްކަތް ފަށާފައި ވަނީ އެޗްޑީސީއާއެކު ހެދި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުންނެވެ. ފަހަރަކު ޓަވަރެއްގެ މަސައްކަތް ނިންމައި އެ ޓަވަރު ވިއްކައިގެން ލިބޭ ފައިސާ އިން ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތްކުރާ ގޮތަށް އެއްބަސްވެގެން މިހާރު މަސައްކަތް ކުރަމުން އަންނައިރު މިގޮތަށް ނިންމީ ފައިސާގެ ދަތިކަމެއް ނެތި އަލުން މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށެވެ.
އެ ހުރިހާ ޓަވަރެއް ތިން އަހަރުން ނިންމާލެވޭނެ ކަމަށް މިދިޔަ އަހަރުގެ ޖޫން ހިސާބުގައި އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން އޭރު ލަފާކުރި ގޮތުގައި ފުރަތަމަ ޓަވަރުގެ މަސައްކަތް އަންނަ އޮގަސްޓް މަހު ނިމޭނެ އެވެ. ދެވަނަ ޓަވަރު އަންނަ އަހަރުގެ ޖެނުއަރީ މަހު، ތިން ވަނަ ޓަވަރުގެ މަސަައްކަތް ޖެނުއަރީ 2024 ގައި ނިމޭނެ ކަމަށް އެ ކުންފުނިން ކުރިން ލަފާކޮށްފައި ވެ އެވެ.
ކުރިން މި މަޝްރޫއު ހިންގަން އަމީން ކޮންސްޓްރަކްޝަނަށް އެޗްޑީސީން ވަނީ 233 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދީފަ އެވެ. އެކަމަކު މި މަޝްރޫއު މެދުކަނޑާލީ އެކުންފުންޏަށް ލިބެން ޖެޖހޭ ފައިސާ ވެރިކަން ބަދަލުވުމަށް ފަހު ލިބިފައިނުވާތީ އެވެ. އެކަމަކު މަސައްކަތް މެދުކަނޑާލިއިރު ވެސް އޮތީ ފައިސާ ދެއްކި މިންވަރަށް ވުރެ އިތުރަށް މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެެ.
މި މަޝްރޫއު ހުއްޓިފައި ގިނަ އަހަރުތަކެއް ވަންދެން އޮތުމުގެ ސަބަބުން އެޗްޑީސީ އާއި އަމީން އަށް ވެސް މާލީ ގެއްލުންތަކެއް ލިބުނެވެ. ގެއްލުމުގެ ބަދަލު ކުންފުންޏަށް ދައްކާ ގޮތަށް ހަމަޖެހިފައި އޮތީ ވެސް އެ އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ފައިސާ އިންނެވެ. އެކަމަކު ބަދަލުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ސާފެއް ނުވެ އެވެ.
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި