ރަޝިޔާ ސިފައިން ޔޫކްރޭނަށް އުދުވާނީ ހަމަލާތަކެއް މިއަދު ދޭން ފަށާފައިވާ އިރު، ދުނިޔޭގެ ހުރިހާ ގައުމުތަކުން ދަނީ ރަޝިޔާގެ އެ އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. ނަމަވެސް މި މައްސަލައިގައި ޗައިނާގެ ސިޔާސަތު ފެންނަނީ މުޅިން ރަޝިޔާއާ ވީ ފަރާތަށް ލެނބިފައިވާ މަންޒަރެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އުދުވާނީ ހަމަލާތަކެއް މިއަދު ދޭން ފަށާފައިވާ އިރު، ދުނިޔޭގެ ހުރިހާ ގައުމުތަކުން ދަނީ ރަޝިޔާގެ އެ އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. ނަމަވެސް މި މައްސަލައިގައި ޗައިނާގެ ސިޔާސަތު ފެންނަނީ މުޅިން ރަޝިޔާއާ ވީ ފަރާތަށް ލެނބިފައިވާ މަންޒަރެވެ.
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަކީ މިނިވަން ދެ ދައުލަތް ކަމަށް މިދިޔަ ހޯމަ ދުވަހު ރަޝިޔާ އިން އިގުރާރުވުމާ ގުޅިގެން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ކުރި ބަހުސްގައި ވެސް، ޗައިނާގެ ބަސްމަގު މުޅިން ތަފާތެވެ. ހުރިހާ ގައުމަކުން ބުނަމުން ދިޔައީ އެއީ ޔޫކްރޭންގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
ނަމަވެސް ޗައިނާ އިން އެ ބައްދަލުވުމުގައި ވެސް ދުނިޔޭގެ ގައުމުތަކަށް ގޮވައިލީ، ސުލްހަވެރި ގޮތްތައް ބޭނުންކޮށްގެން މައްސަލަ ހައްލު ކުރުމަށެވެ. ރަޝިޔާގެ އެ ނިންމުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ޑިޕްލޮމެސީ އާއި މަޝްވަރާ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުން އޭގެ ނަތީޖާ މާރަނގަޅު ވާނެ ކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން މިއަދު ފަތިހު ޔޫކްރޭނަށް ހަމަލާ ދިނުމާ ގުޅިގެން ވެސް، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ޒަންގް ޖުން މިއަދު ވެސް ވިދާޅުވީ ހަމަޖެހިގެން ތިބެ ބުއްދިވެރިކަމާ އެކުގައި ސުލްހައިގެ މަގުން މައްސަލަ ހައްލުކުރުން މުހިންމު ކަމަށެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޔޫކްރޭންގެ މަންދޫބު ވިދާޅުވީ ސުލްހަވެރި ގޮތުގައި މަޝްވަރާ ކުރުމުގެ ވަގުތު މިހާރު ފާއިތުވެފައިވާ ކަމަށެވެ. ނަމަވެސް ޗައިނާގެ ސަފީރު ވިދާޅުވީ ސުލްހަވެރި މަގުން ހައްލެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
ރަޝިޔާގެ ވައިގެ ސިފައިންގެ ލަޝްކަރުން ޔޫކްރޭންގެ އަސްކަރީ މުހިންމު މަގާމުތަކަށް މިސައިލާއި ރޮކެޓުން ހަމަލާތައް ދޭން ފެށުމާ އެކު، ޔޫކްރޭނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެ ގައުމުތަކުން ގޮވާލާފައިވަނީ ވީވަރަކުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށެވެ. އަދި ބޮމުން ދިފާއުވާ ބިންގަރާސްތަކުން ރައްކާތެރިކަން ހޯދުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
މިއާ ހިލާފަށް، ޔޫކްރޭންގައި ތިބި ޗައިނާ ރައްޔިތުންނަށް ޗައިނާ އިން ގޮވާލާފައިވަނީ، އެމީހުން ދުއްވާ އެއްގަމު އުޅަނދުތަކުގައި ޗައިނާގެ ދިދަ ފެންނާނެ ގޮތަށް ހަރުކޮށްގެން ދުއްވުމަށެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ޗައިނާ ދިދައެއް ހިފައިގެން ނުކުތުމަށް ވެސް ގޮވާލާފައިވެ އެވެ.
ޔޫކްރޭންގެ އެތެރޭގައި ކޮންމެ ވަގުތެއްގައި ވެސް ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ބަލައި، ކޮންމެހެން މަޖުބޫރު ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވެސް ޗައިނާ އެމްބަސީން ގޮވާލާފައިވެ އެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ އެންމެ ވާދަވެރި އަދި އެންމެ ދެކޮޅުވެރި ސިޔާސަތެއް އަބަދުވެސް ގެންގުޅެނީ ރަޝިޔާ އާއި ޗައިނާ އެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކާ ހިޔާލު ތަފާތުވާ ކޮންމެ ކަމެއްގައި ރަޝިޔާ އާއި ޗައިނާ ގެންގުޅެނީ އެއް ބަސްމަގެކެވެ.
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި